ހިޔާ ފުލެޓް: ފޮޓޯ/ ވޮއިސް
ހަބަރު
04 May 2025 | 11:11
ހިޔާ ފުލެޓް ދީފައި އަތުލި މީހުންނަށް ފުލެޓް ދޭނެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ރައީސް އިއުލާން ކުރައްވައިފި

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި ހިޔާ ފުލެޓް، ލިބޭނެކަމަށް އެ ސަރުކާރުން ކަނޑައަޅައި، ފުލެޓް ދިން މީހުންގެ ތެރެއިން، ނިމިދިޔަ ސަރުކާރުން ނުހައްގުން ފުލެޓް އަތުލި މީހުންނަށް، ފުލެޓް ދޭނެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ރައީސް ޑރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ. 

މިސަރުކާރުން ފަށާ، އެންމެ ފުރަތަަމަ ގެދޮރުވެރިކަމުގެ މަޝްރޫއުއިން، ހިޔާ ފްލެޓް އަތުލި މީހުންނަށް ފުލެޓް ދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވީ، ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. 

”އަޅުގަނޑުމެންގެ ސަރުކާރުން ފަށާ އެންމެ ފުރަތަމަ ހައުސިންގް މަޝްރޫޢުގެ ތެރެއިން، ކުރީގައި ފުލެޓް ލިބޭނެ ކަމަށް ގެޒެޓް ކުރެވި، ނަން ހިމެނިފައި، އެހެން ނަމަވެސް ފުލެޓް ނުލިބޭނެ ކަމަށް ފަހުން ކަނޑައެޅުނު ހުރިހާ އެންމެނަށް އިރާދަކުރެއްވިޔާ، ފުލެޓް ހަމަޖައްސައި ދޭނަން. އެކަމުގެ ޔަގީންކަން ދެން.“ ރައީސް ވިދާޅުވިއެވެ. 

އެ ފުލެޓްތައް ހަވާލު ކުރާ މަޝްރޫޢުއާއި ގުޅޭގޮތުން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެކަން މިހާރު ފަށާފައި ބޯހިޔާ ވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ. 

އަޅުގަނޑުމެން އުއްމީދު ކުރަނީ އިންޑިއަން އެލްއޯސީގެ ތެރެއިން އެޅޭ 4200 ފުލެޓްގެ ތެރެއިން އެކަން ހަމަޖެއްސޭނެ ކަމަށް.

ރައީސް ޑރ މުޢިއްޒު

އިންޑިޔާގެ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި މާލެ ސަރަހައްދުގައި 4200 ފުލެޓް އެޅުމަށް ނިންމައި އެކަން ސަރުކާރުން އިއުލާން ކުރީ ނިމިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ މަޝްރޫޢު މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.