އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
ހަބަރު
05 May 2025 | 13:35
ދިވެހި ރައްޔިތުން ދިފާއުކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން: އިމްރާން

ދިވެހި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ގާނޫނުއަސާސީ ދިފާއު ކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ތައިލެންޑް ގައި މިވަގުތު ދިރިއުޅުއްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ދެ ފަނޑިޔާރަކު ވަކިކުރުމުގެ މައްސަލައާ ގުޅިގެން އިދިކޮޅުގެ ކަންބޮޑުވުމާއި ފާޑުކިޔުން ސަރުކާރަށް އަމާޒު ވަމުންދާ ދަނޑިވަޅެއްގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އާންމު ގޮތެއްގައި އިމްރާންގެ ވާދަވެރީންނަށް ތުހުަމަތު ކުރައްވާ އުސޫލުން ތުހުމަތު ކުރެއްވި އެވެ.

ވިދާޅުވީ އަމިއްލަ ބާރާއި ވެރިކަމުގެ ދަހިވެތިކަމުގައި ރައީސް މުއިއްޒު އެ ވަޑައިގަންނަވަނީ ގާނޫނު އަސާސީގެ އެންމެ މުހިންމު އަސާސްތަކާއި ރުކުންތައް ސުންނާފަތިކޮށް މުޅި ގާނޫނުއަސާސީ މުގުރާ ބިމާ ހަމަކުރަމުން ކަމަށެވެ. އަދި އޭނާ އެދިވަޑައިގަތީ އޭނާގެ އެ ވާހަކަތައް ދިވެހި ރައްޔިތުން ގަބޫލު ކުރުމަށެވެ.

"ދިވެހި ގައުމާއި ތިޔަބޭފުންގެ ދަރިންގެ ހައްގު ގައި މިކަން މިގޮތަށް ކުރަން ދޫނުކުރައްވާ. ދިވެހި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ގާނޫނުއަސާސީ ދިފާއުކުރަން ކުރަންޖެހުނު ކޮންމެ ކަމެއް އަޅުގަނޑު ކުރާނަން," އިމްރާން ވިދާޅުވި އެވެ.

މި ސަރުކާރުގައި ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް ހިނގަމުންދާއިރު އިމްރާން ހޯމް މިނިސްޓަރު ކަން ކުރެއްވި ރައީސް ސޯލިހްގެ ވެރިކަމުގައި ސުޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔާރުންނާއި ހައިކޯޓާއި ކްރިމިނަލް ކޯޓްގެ އެތައް ފަނޑިޔާރުނެއް ވަކި ކުރެއްވި އެވެ.

ކޮމެންޓް
ހުސެއިން
އިމުރާނަކީސިޔާސީގޮތުންމީހުންބަލާގަންނަމީހެނުން
05 May 2025
އިއްބެ
ތިޔަހެން ދުލުންވިދާޅުވުމަކުން ނުފުފޭ ޢަމަލާބަހުން ދިވެހިންނަށް އެކަންދައްކައިދޭންޖެހޭ
05 May 2025
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.