އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް
ހަބަރު
06 May 2025 | 22:44
މިނާވަރު އަތުލަނީ ކަންކަން ރަނގަޅު ނުކުރުމުން، މުއްދަތު ވެސް ދިނިން: މިނިސްޓްރީ

ސަން ޓްރެވަލްސް ކުންފުނީގެ އަތުން ނ. މިނާވަރު އަތުލަން ނިންމީ އެއްބަސްވުމާ އެއްގޮތަށް ކަންކަން ރަނގަޅު ނުކުރުމުން ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ވަނީ ބަޔާނެއް ނެރެ އެ މައްސަލަ ސާފުކޮށް ދީފަ އެވެ. ސަން ޓްރެވަލްސް ކުންފުންޏަކީ މި ސަރުކާރުގެ ކުރީގެ ބައިވެރިއެއް ކަމަށްވާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމްގެ ވިޔަފާރި ކުންޏެވެ.

މިނިސްޓްރީން ބުނީ މިނާވަރު އަތުލަން ނިންމީ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ. އެ ނިންމުމުގެ ކުރީން އެެއްބަސްވުމާއި އެއްގޮތަށް ކަންކަން ރަނގަޅު ކުރަން އަންގާ އެކަމަށް އިތުރު މުއްދަތުވެސް ދިން ކަމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރު ވެސް އެކަންކަން ރަނގަޅު ނުކުރާ ކަމަށެވެ.

މިނާވަރު ކުއްޔަށް ދިނީ ދަނޑުވެރިކަމާއި ވެލިޔުއެޑިޝަން އަދި ޕްރޮސެސިންގެ މަސައްކަތަށް ނަމަވެސް އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ އިވެލިއުޝަނުން އެ ރަށުގައި އެފަދަ އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަަމަށް ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނީ މާޗް 19 ވަނަ ދުވަހު, ކަންކަން އިސްލާހު ކުރުމަށް 30 ދުވަހުގެ މުއްދަތެއް ދިން ކަމަށާ އެ މުއްދަތު ހަމަވިއިރު އެއްވެސް ކަމެއް ރަނގަޅުކޮށްފައި ނުވާ ކަމަށް ބުނެފައިވެ އެވެ. 

އެ ރަށް ނަގަން މިދިޔަ ސަރުކާރުން ވެސް ނިންމި އެވެ. މިނާވަރު އަތުލަން ނިންމިއިރު އެ ރަށުގެ އެގްރީމަންޓްގަައި އަދިވެސް ހަ އަހަރެއްހާ ދުވަސް އެބަ އޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.