އިންޑިއާގެ ބޮޑުވަޒީރު މޯދީ އަދި ޑިފެންސްގެ އިސްވެރިން ބައްދަލުވުމެއްގައި.. ފޮޓޯ: މިންޓް
ދުނިޔެ
10 May 2025 | 14:30
ޕާކިސްތާން އަސްކަރީއްޔާގެ އޮޕަރޭޝަނާއެކު، އިންޑިއާ ސީރިއަސް ހާލަތަކަށް!

ޕާކިސްތާނުގެ އަސްކަރިއްޔާއިން ފަށާފައިވާ "އަލްބުންޔާނުލް މަރުސޫސް" އޮޕަރޭޝަނާއެކު އިންޑިއާއިން ސީރިއަސް ހާލަތަކަށް އަތުވެއްޖެއެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ޕާކިސްތާނަށް ހަމަލާތައްދޭން ފެށުމާއެކު އެޤައުމުގެ އަސްކަރިއްޔާއިން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ޕާކިސްތާނުން ތުހުމަތު ކުރާގޮތުގައި އިންޑިއާއިން މިވީ ދުވަސްތަކުގައި ޓެރަރިސްޓުންނަށް ހަމަލާދޭންކަމަށް ބުނެ ހަމަލާތައް އަމާޒުކޮށްފައިވަނީ، މިސްކިތްތަކަށާއި އާއްމުން ދިރިއުޅޭ ތަންތަނަށެވެ. އޮޕަރޭޝަން ސިންދޫރުގެ ނަމުގައި ފައިޓަރ ޖެޓުތަކުންނާއި ޑްރޯންތަައް މެދުވެރިކޮށް އިންޑިއާއިން ވަނީ ޕާކިސްތާނަށް ހަމަލާތައް ދީފައެވެ.

އިންޑިއާއިން ދިން ހަމަލާތަކުގެ ރަށްދުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން އޮޕަރޭޝަން ފަށާފައިވަނީ، "އަލްބުންޔާނުލް މަރުސޫސް" ގެ ނަމުގައެވެ. ޕާކިސްތާނުން އިންޑިއާއަށް ހަމަލާތަކެއް ދީފައިވާއިރު، އިންޑިއާއިންވެސް ބުނެފައިވަނީ ޕާކިސްތާނުން އަސްކަރިއްޔާއަށް ހަމަލާތައް އަމާޒުކުރުމުގެ ނަމުގައި ހަމަލާތައް ދީފައިވަނީ ދީނީ އަޅުކަންކުރާ ފައްޅިތަކާއި އެނޫންވެސް އެފަދަ ތަންތަނަށް ކަމަށެވެ. ޕާކިސްތާނުން ފެށި އޮޕަރޭޝަނާއެކު އިންޑިއާ ސަރުކާރުގެ އެންމެ އިސްވެރިންގެ ބައްދަލުވުމެއް ވަނީ އިއްޔެ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގުގެ އިތުރުން އެއްގަމާއި ވައިގެ އިތުރުން ކަނޑުގެ ސިފައިންގެ ވެރިން ބައިވެރިވިއެވެ. 

މި ބައްދަލުވުމާ ގުޅޭގޮތުން އިންޑިއާގެ އޭއެންއައި ނޫހުން ބުނެފައިވަނީ، މި ބައްދަލުވުމުގައި ޕާކިސްތާނަށް ހަމަލާތައް ދޭނޭގޮތާއި ގުޅޭގޮތުން މަޝްވަރާކޮސްފައިވާކަމަށެވެ. އެގޮުތުން ކުރިއަށްއޮތް ތަނުގައި ހަމަލާތައް ދޭނޭގޮތާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށް އެ ނޫހުން ބުންޏެވެ. 

ސްރީނަގަރުގައި އިންޑިއާ ސިފައިންގެ ޗެކްޕޮއިންޓެއް.. ފޮޓޯ: އޭޕީ

އަލްޖަޒީރާއިން މިއަދު ބުނެފައިވަނީ ޕާކިސްތާނުން އިންޑިއާގެ ސްރީނަގަރަށް ދެ ހަމަލާ ފޮނުވާލާފައިވާކަމަށެވެ. އެގޮތުން ސްރީނަގަރުގެ ތެރެއިން ދެ ފަހަރެއްގެ މަތިން ވަރަށް ބާރު ގޮވުމެއްގެ އަޑު އިވުނުއިރު، އެއީ މީގެ ކުރިން އެ ސަރަހައްދުގެ މީހުން ހަޔާތުގައިވެސް އަޑުއަހާފައިނުވާވަރުގެ ބާރުގަދަ ގޮވުމެއްކަމަށް އަލްޖަޒީރާއިން ބުންޏެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުމެއް އަދި ނޭނގޭކަމަށްވެސް އަލްޖަޒީރާއިން ބުންޏެވެ. 

ސްރީނަގަރަށް ޕާކިސްތާނު ސިފައިންގެ ހަމަލާއެއް އަމާޒުވެފައި.. ފޮޓޯ: ރޮއިޓާސް

ޕާކިސްތާނުން އިންޑިއާއަށް ހަމަލާތައްދޭން ފެށުމާއެކު، އެޤައުމުގެ ބައެއް ހިސާބުތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. މީގެ އިތުރުން ބައެއް ދާއިރާތަކުން ވަނީ ބޭއްވުމަށް ތާވަލްކުރި ހަރަކާތްތައްވެސް ހުއްޓާލާފައެވެ. އިންޑިއާ ޕާކިސްތާނު ހަމަލާތަކުގެ ސަބަބުން އިންޑިއާގެ އެންމެ ނަގާކިޔާ އެއް ދާއިރާކަމަށްވާ ބޮލީވުޑްގެ ހަރަކާތްތައްވެސް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެ ޤައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރަން ފަށާފައިވާއިރު، ދެ ޤައުމުން ސުލްހަވެރިކަން އިސްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއިން ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް