ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ނިންމުމުން ޕާކިސްތާނު ރައްޔިތުން އުފާފާޅުކުރަނީ.. ފޮޓޯ: އޭއެފްޕީ
ދުނިޔެ
10 May 2025 | 20:25
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސް ވެއްޖެކަމަށް ދެ ޤައުމުން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ޕާކިސްތާނުގެ ހާރިޖީ ވަޒީރު އިސްހާގު ދަރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަލާ ބަދަލުކުރުންތައް ވީ އެންމެ އަވަހަކަށް ހުއްޓާލުމަށް އެއްބަސްވެފައިވާކަމަށެވެ. އަދި އެއްބަސްވި ގޮތަށް އަމަލީ ސިފަ ގެނައުމުގެ ކަންކަން އަވަސްކުރުމަށް ނިންމާފައިވާކަމަށެވެ. ސަރަހައްދީ ސަލާމަތާ ރައްކާތެރިކަމަކީ ޕާކިސްތާނުން އެންމެ އިސްކަންދޭނޭ އެއް ކަންތައް ކަމަށްވެސް އިސްހާގް ވިދާޅުވިއެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ.ޖަޔަ ޝަންކަރު ވިދާޅުވީ، ދެ ޤައުމުން ކުރިއަށްގެންދާ އަސްކަރީ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ. ހަމަލާތައް ބަދަލުކުރުން ހުއްޓާލިނަމަވެސް އިންޑިއާއިން ޓެރަރިޒަމް ހުއްޓުވުމަށް ކުރިއަށްގެންދާ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާނޭކަމަށް ޖަޔަ ޝަންކަރު ފާހަގަކުރެއްވިއެވެ.

ސްކައި ނިއުސްއިން ބުނެފައިވަނީ އިންޑިއާ އާއި ޕާކިސްތާނުން ހަމަލާ ބަދަލުކުރުން ހުއްޓާލާފައިމިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްނަންގަވައިގެން ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ކަމަށެވެ. އެގޮތުން ރޭ ވަރަށް ގިނައިރުވަންދެން ތިން ޤައުމު ހިމެނޭހެން ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާކަން ސްކައި ނިއުސްއިން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ބަދަލުކުރުން ކުރިއަށްގެންގޮސްފައިވަނީ، މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ސަރަހައްދަށް ހަނގުރާމަވެރި ޖަމާއަތަކުންދިން ހަމަލާތަކާ ގުޅިގެންނެވެ. މި މައްސަލާގައި އިންޑިއާއިން އިނގިލި ދިއްކުރަނީ ޕާކިސްތާނަށެވެ. ނަމަވެސް ޕާކިސްތާނުން ބުނެފައިވަނީ އެކަމުގައި އެޤައުމުގެ ބައިވެރިވުމެއް ނެތްކަމަށެވެ. އެ ހަމަލާތަކުގައި 26 މީހަކު މަރުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަމުގައި އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ އިންޑިއާއިންނެވެ. އިންޑިއާގެ ފައިޓަރޖެޓްތަކުން ދިން ހަމަލާ ޕާކިސްތާނަށް އަމާޒުކުރިއިރު، އެޤައުމުން ބުނެފައިވަނީ އިންޑިއާއިން ދިން ހަމަލާތަކުގައި ފުރާނަ ގެއްލިފައިވަނީ އާއްމުރައްޔިތުން ކަމަށެވެ. އެގޮތުން އެ ހަމަލާތަކުގައި ޕާކިސްތާނުގެ ކުޑަކުއްޖަކު ހިމެނޭހެން 13 މީހެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަހަމްވެފައިވާކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ.

ނަމަވެސް އިންޑިއާއިން ބުނެފައިވަނީ ހަމަލާތައް އަމާޒުކޮށްފައިވަނީ ޓެރަރިސްޓުން އުޅޭ ތަންތަނަށް ކަމަށެވެ. އިންޑިއާއިން ދިން ހަމަލާތަކުގެ ރައްދުގައި ޕާކިސްތާނުންވެސް ވަނީ އިންޑިއާއަށް ހަމަލާތައް ދީފައެވެ. 

ކޮމެންޓް
ކޮރަކަލި
އަލަހަމްދުލިއްލާހި
10 May 2025
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް