އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ހަބަރު
12 May 2025 | 00:02
އެމްބީއެސް ތަފާސް ހިސާބު ގޯސް: 9000 ކުދިން ސުކޫލަށް ނުދާ ވާހަކައަކީ ދޮގެއް، ސުކޫލަށް ނުދަނީ 229 ކުދިން

ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި ކަމަށް ބުނެ ކޮށްފައިވާ ރިޕޯޓަކީ ހަގީގަތެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްކްސްގެ ތަފާސް ހިސާބުތަކާއި ހަވާލާދީ އާންމުކޮށްފައިވާ ހަބަރެއް ދޮގުކޮށް ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްކްސްގެ ތަފާސް ހިސާބުތައް އެކުލަވާލާފައިވާ ގޮތް ވެސް ގޯހެވެ. އަދި ވިދާޅުވީ 2022 ވަނަ އަހަރު 9,000 ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށް ދޭހަވާގޮތަކަށް ތަފާސް ހިސާބު އެކުލަވާލިއިރު މި އަދަދުގެ ތެރޭގައި އުމުރުން 2 އަހަރާއި 3 އަހަރުގެ ކުދިން ހިމަނާފައިވާ ކަމަށެވެ.

".. މިއީ ތައުލީމުގެ ގާނޫނުން ރަސްމީ ތައުލީމު ހާސިލްކުރުމަށް ސްކޫލަށް ދާންޖެހޭ އުމުރުފުރާގެ ކުދިންނެއް ނޫން. ވީމާ، ރަސްމީ ތައުލީމު އުނގެނުން މަޖުބޫރު ނޫން އެތައް ހާސް ތުއްތު ކުދިން ހިމަނައިގެން، ނުވަވަރަކަށް ހާސް ދަރިވަރުން ސްކޫލަށް ނުދާކަމަށް ދޭހަވާ ގޮތަކަށް ތަފާސްހިސާބު ނެރުމަކީ ގޯހެއް. އަދި މިހަގީގަތް ނޭގި މި ތަފާސް ހިސާބުތައް ރިޕޯޓު ކުރުމަކީ ވެސް ޒިންމާދާރު ގޮތެއް ނޫން,"

މިނިސްޓަރު އިތުރަށް ވިދާޅުވީ އެކި އެކި ގޮންޖެހުންތަކުގެ ސަބަބުން ސްކޫލަށް ނުދާ ދަރިވަރުން ފާހަގަކޮށް، ކަމާއިބެހޭ މުއައްސަސާތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އަބަދުވެސް ފިޔަވަޅު އަޅާ ކަމަށެވެ.

އަދި ނޭޝަނަލް ބިއުރޯ އޮފް ސެޓެޓިސްޓިކްސް ކުރީން ނެރެފައިވާ ރިޕޯޓެއްގައި 2022 ވަނަ އަހަރު ގަވާއިދުން ސްކޫލަށް ނުދާކަމަށް ފާހަގަ ކުރެވިފައި ވަނީ 229 ކުދިން ކަމަށާ އެއީ މާލެއިން 85 އަދި އަތޮޅުތެރޭގެ އެކި ރައްތަކުން 144 ކުދީންކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.