ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ.. ފޮޓޯ: ރައީސްަ އޮފީސް
ހަބަރު
12 May 2025 | 11:33
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނުގެ މުއްދަތު އިތުރުކޮށްދީފި

އަވައްޓެރި އިންޑިއާއިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ރާއްޖެއަށް އިތުރުކޮށްދީފައިވާކަމަށް އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.

ކުރީގެ ސަރުކާރުން 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ ބަޖެޓް ސަޕޯޓަށް ބޭނުންވާ ފައިސާ ހޯދުމަށް އިންޑިއާއިން 50 މިލިއަން ޑޮލަރުގެ ލޯނެއް ހޯދާފައެވެ. މި ފައިސާ ހޯދާފައިވަނީ ޓްރެޒަރީބިލް ވިއްކައިގެންނެވެ. މީގެ ކުރިން މި ލޯނު ދައްކަންޖެހޭ މުއްދަތު އިތުރުކުރިނަމަވެސް މިއަދު ވަނީ އެ މުއްދަތުވެސް ހަމަވެފައެވެ.

އިންޑިއާ ސަރުކާރުން ވަނީ ރަސްމީކޮށް އެ ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިންކަމަށް ބުނެފައެވެ. މިކަމާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ އެދުމުގެ މަތިން އެސްބީއައި މެދުވެރިކޮށް ނަގާފައިވާ ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.

މިއީ އިންޑިއާގެ ނެއިބަހުޑް ޕޮލިސީގެ ދަށުން ރާއްޖެއަށްދިން އިނާޔަތެއްކަމަށް އެމްބަސީން ބުންޏެވެ. އިންޑިއާ އެމްބަސީގެ ބަޔާނުގައި ވަނީ އެ ޕޮލިސީގެ ދަށުން ޓްރެޒަރީބިލްގައި އިންވެސްޓްކުރުމާއި، ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ކޯޓާވެސް އިތުރުކޮށްދީފައިވާކަން ފާހަގަކޮށްފައެވެ.

އިންޑިއާއިން ނެގި 50 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމާ ގުޅިގެން ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ހަލީލް ވަނީ އިންޑިއާގެ ހާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.

ކުރީ ސަރުކާރުތަކުން ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ކުރު މުއްދަތުގެ ދަރަނީގެ މައްސަލައަކީ މި ސަރުކާރަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުމެއްކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ. 

ކުރިއަށްއޮތް އަހަރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ބޮޑު އަދަދަކުން ދަރަނިތައް ދައްކަންޖެހޭނެ އަހަރަށްކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ. އެގޮތުން ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓާއެކު 1 ބިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހޭަނޭކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 15 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

އަންނަ އަހަރު ދައްކަންޖެހޭ 1 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ 2021 ވަނަ އަހަރު ވިއްކާފައިވާ ސަވަރިން ސުކޫކަށް ދައްކަންޖެހޭ 500 މިލިއަން ޑޮލަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.