ހުޅުމާލޭގައި އެންމެފުރަތަމަ ހުޅުވުނު ވިޔަފާރި ސަރަހައްދު... ފޮޓޯ: އެޗްޑީސީ
ހަބަރު
12 May 2025 | 15:35
ހުޅުމާލެއަށް 21: ކެފޭތަކާއި ފިހާރަތަކުން ޑިސްކައުންޓް ލިބޭ "ޑިސްކައުންޓް ވީކް" ފަށައިފި!

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހުޅުމާލޭގެ ކެފޭތަކާއި ފިހާރަތަކުން ޑިސްކައުންޓް ލިބޭ "ޑިސްކައުންޓް ވީކް" ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީން ބުނީ ހުޅުމާލޭގެ ގިނަ ކެފޭތަކާއި ރެސްޓޯރެންޓު އަދި ފިހާރަތަކުން ބޮޑެތި ޑިސްކައުންޓުތައް ލިބޭ ޑިސްކައުންޓް ހަފްތާ ފަށައިގެން ކުރިއަށްދާކަމަށެވެ. މިކަން ފެށީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މި ޕްރޮމޯޝަން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނޭކަމަށް އެޗްޑީސީން ބުނެއެވެ.

އެގޮތުން، ގިނަ ފިހާރަ އަދި ރެސްޓޯރެންޓުތަކުގެ ހުރިހާ އައިޓަމްތަކުން ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާއިރު، ބައެއް ފިހާރަތަކުން ކޫޕަނާއި ހަދިޔާވެސް ކަސްޓަމަރުންނަށް ލިބިގެންދާނޭކަމަށް އެޗްޑީސީން ބުނެއެވެ. މިއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އެކިއެކި ވިޔަފާރިތަކާ ގުޅިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ޑިސްކައުންޓް ލިބޭ ފިހާރަތަކާއި ކެފޭތައް:

- ފަހި ޕްލާޒާ (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ހުވަނދުމާ ހިނގުން.

- ރަޓަޓޫލީ (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ ހިތިގަސް މަގު، ގޯޅި 17.

- އެމްއެޗްއޭ މާޓް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %15 ޑިސްކައުންޓް)_ ރެއިންކްރެސްޓް ރެސިޑެންސް އަދި ނިރޮޅުމަގު 16 އައުޓްލެޓް.

- ބްރެޑް މެޓާރސް (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ ސެންޓްރޯ މޯލް.

- އިހްސާން ފިހާރަ (ކޫޕަން އަދި ގިފްޓްސް) _ވިނަރެސް 10، ހުޅުމާލެ ފޭސް 2.

- މަންހެޓަން ފިޝް މާކެޓް (%05 ސްޓޯ ވައިޑް ޑިސްކައުންޓް)  _ ސެންޓްރޯ މޯލް.

- ގްލޯރިއާ ޖީންސް (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ އަމިން އެވެނިއު، މޭޕަލް ޓަވަރ.

- ކޮފީ ވިއު (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ ފެރީ ޓާމިނަލް ކިއޮސްކް 1.

- ޗިކިންގ (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ އަމިން އެވެނިއު، އޯކް ޓަވަރ.

- ރެޑްވޭވް ( ބައެއް ބްރޭންޑުތަކުގެ ތަކެތިން %10 ޑިސްކައުންޓް) _އަސުރުމާ ހިނގުން.

- ބޭކާރސް ބާސްކެޓް (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ ނިރޮޅު މަގު، ލޮޓް ނަންބަރު 11203.

- އަރިއްސާ (ބައެއް ބްރޭންޑުތަކުގެ ތަކެތިން %15 ޑިސްކައުންޓް) _އަމިން އެވެނިއު، މޭޕަލް ޓަވަރ.

- އެސްޖޭ މޯލް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %30 ޑިސްކައުންޓް)_ ބޯގަންވިލާ މަގު.

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރުފުރުން ފާހަގަކުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ފެސްޓިވަލެއް ގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، މި މަހުގެ 10 ވަނަ ދުވަހު ކުލަގަދަ ފެމިލީ ކާނިވަލްއަކުން ފެށި މި ހަރަކާތްތައް، ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނޭކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ސްޓޯރީ ފޮޓޯ ވޯލކް، ހުޅުމާލެ މަސްރޭސް، ސައިކްލިންގ ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕްގެ އިތުރުން ބީޗް ފެސްޓެއް މި ހަފްތާގެ ތެރޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގައި ރަސްމީކޮށް މީހުން އާބާދުވާން ފެށި ދުވަސް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 2004 ވަނަ އަހަރުގެ މައިމަހުގެ 12 ވަނަ ދުވަހުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.