ހޯމް މިނިސްޓަރު އަލީ އިހްސާން -- ފޮޓޯ: ވޮއިސް
ހަބަރު
12 May 2025 | 23:31
ޔުމުނު މައްސަލާގައި ފުލުހުން ގޯހެއް ހަދާފައެއް ނެތް: އިހްސާން

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު, ގުދަނެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން އެއްވެސް ގޯހެއް ހަދާފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ ވިދާޅުވެއްޖެ އެވެ.

"އަހާ" ފޯރަމް ގައި ވާހަކަ ދައްކަވަމުން އިހްސާން މިމޭރުމުން ވާހަކަ ދެއްކެވީ އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅޭ ތުހުމަތު އޮތް އެންމެން ހައްޔަރު ނުުކުރާތީ އާންމުންގެ މީހަކު ކުރި ސުވާލަކާއި ގުޅިގެންނެވެ. މި މައްސަލާގައި ޝާމިލްވާ އެންމެން ހައްޔަރު ނުކުރެވި ވަނީ ކޮން ނުފޫޒެއްގެ ސަބަބުންތޯ އޭނާ ސުވާލު ކުރި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިމާރާތެއްގެ މަތީން ގުދަނެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅޭ ތަހުގީގު އަދިވެސް ފުލުހުންގެ އިދާރާ އިން ކުރަމުންދާ ކަމަށެވެ. އެ ހާދިސާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފުރަތަމަ ވާހަކަ ދެކެވުނީ ހަގީގަތާއި މުޅީން ހިލާފަށް ކަން އިހްސާން ފާހަގަ ކުރެއްވި އެވެ.

ވިދާޅުވީ ހާދިސާގެ ހަގީގަތަށް ވާސިލުވުމަށް ފުލުހުން ކުރި މަސައްކަތުން އެކަން ހޯދާ މިވަރުގެ މައްސަލައިގައި ތަހުގީގު ގައި ނުދޭހާ އަވަހަށް މައުލޫމާތު އާންމުކުރި ކަމަށެވެ. އަދި މި މައްސަލާގައި ފުލުހުން އަމަލު ކުރަމުން ގެންދަނީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

"ފުލުހުން މި މައްސަލާގައި އަމަލު ކުރި ގޮތުގެ އެއްވެސް ގޯހެއް އަޅުގަނޑުމެންނަކާ ހިސާބަކަށް ފާހަގަވެފައެއް ނެތް,"

އެ މައްސަލާގައި އިހްސާން ވެސް އިސްތިއުފާ ދޭން ޖެހޭ ކަމަށް ބައެއް މީހުން ދެކެ އެވެ. އެކަމަށް އިޝާރާތް ކުރައްވާ އިހްސާން ވިދާޅުވީ މައްސަލާގައި އަމަލު ކުރި ގޮތް ގޯސްވެ ފުލުހުންގެ މައްސަލައެއް ފާހަގަވެއްޖެ ހާލަތެއްގައި ފިޔަވަޅު ނާޅާ ދޫކޮށްލައިފިނަމަ އިސްތިއުފާ ދޭން ޖެހޭނެ ހާލަތަކީ އެއީ ކަމަށެވެ. އެހެން ކަމުން މިއީ އޭނާ އިސްތިއުފާ ދޭން ޖެހޭ ހާލަތެއް ނޫން ކަމަށް ވިދާޅުވި އެވެ.

ގުދަނެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ފުރަތަމަ މައުލޫމާތު އާންމުކުރި ގޮތާމެދު މީޑިއާތަކާއި އާންމުންގެ ވެސް ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. ނަމަވެސް ފަހުން އެކަން ރަނގަޅުކޮށް ފުލުހުން ވަނީ މައްސަލައާ ގުޅޭ ގިނަ މައުލޫމާތުތަކެއް އާންމުކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.