އެގްރީކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ -- ފޮޓޯ: ވޮއިސް
ހަބަރު
13 May 2025 | 00:09
ސިޔާމް ކުންފުނިން ދެ ރަށް ނަގަނީ އުސޫލުގެ ދަށުން: މިނިސްޓަރު މާރިޔާ

މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަށް ދޫކޮށްފައިވާ ދެ ރަށެއް ސަރުކާރަށް ނެގީ އުސޫލުގެ ދަށުން ކަމަށާ އެއީ ސިޔާސީ ނިންމުމެއް ނޫން ކަމަށް އެގްރީކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިރޭ ވިދާޅުވެއްޖެ އެވެ.

ސިޔާމްގެ ސަން ޓްރެވަލްސް އަށް ދޫކޮށްފައިވާ އުއްދޫ އާއި މިނާވަރު ސަރުކާރަށް ނަގަން ވަނީ ނިންމާފަ އެވެ. އެއީ ސިޔާސީ ނިންމުމެއް ކަމަށް ބުނެ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ.

އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން މިރޭ އޮތް "އަހާ" ފޯރަމް ގައި މިނިސްޓަރު ވިދާޅުވީ އެއީ ސިޔާސީ ނިންމުމެއް ނޫން ކަމަށެވެ. އަދި ދެ ރަށް ވެސް ނެގީ ގާނޫނާާއި އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

"އެ ދެ ރަށް އަޅުގަނޑުމެން އަތުލީ ހަމަ އުސޫލުގެ ދަށުން އެނގޭތޯ. ބަންޑާރަ ނާއިބުގެ ލަފަޔާ އެކީ އަދި ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކާ އެކީ," މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަނޑުވެރިކަމަށް ވަރަށް ގިނަ ރަށްތައް ދޫކޮށްފައިވާ ކަމަށެވެ. އެ ރަށްތައް ދޫކޮށްފައި ވަނީ ވަރަށް މުހިންމު މަގުސަދުތަކެއް ހާސިލު ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެ މިނިސްޓްރީގެ ސާވޭ ޓީމުތަކާއި މޮނިޓަރިން އިން ނެގުނު ގޮތުގައި މަގުސަދު ހާސިިލުވާ ގޮތަށް ކަންކަން ކުރަމުން ނުގެންދާ ކަމަށެވެ.

ސިޔާމްގެ ދެ ރަށުގައި ވެސް ކަން އޮތީ އެހެން ކަމަށް ވިދާޅުވި އެވެ.

އުއްދޫ އެގްރީމަންޓް ހަމަވީ, މިނާވަރު ނެގީ

މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ ސިޔާސީ ބޭފުޅަކު ހިންގާ ވިޔަފާރި އަކަށް ދީފައި އޮތް ރަށެއް ނަމަވެސް އުސޫލާއި ހިލާފުވުމުން ނަގާނެ ކަމަށެވެ. އެކަމުގައި ސަރުކާރުން ގާނޫނާއި ހިލާފު ނުވާނެ ކަމަށް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ސަން ޓްރެވަލްސް އަށް އުއްދޫ ދީފައިވަނީ 25 އަހަރަށެވެ. އެ މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވި އެވެ. އެ ރަށް އެ ކުންފުނިން ނެގީ ނޫން ކަަމަށާ އެގްރީމަންޓް ހަމަވުމުން އާ ނުކުރަން ނިންމީ ކަމަށް ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް އަހްމަދު އުޝާމް

އަދި ދެން އުއްދޫ އޮންނާނީ ދ އަތޮޅު ރައްޔިތުން ދަތުރުދާން ހާއްސަ ރަށެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ މިނާވަރާ އެއްބަސްވުން ބާތިލުކުރަން ނިންމީ ނޯޓިސް ދިނުމަށް ފަހު ކަމަށެވެ. އަދި އެކަމުގައި އުސޫލާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވަރަށް ގިނަ ރަށްތަކުގައި އެ މަސައްކަތް ނުކޮށް އެހެން މަސައްކަތްތަކަށް ބޭނުން ކުރަމުންދާ ކަމަށާ އެފަދަ ހުރިހާ ރަށެއް ނަގާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޓޫރިޒަމަށް ދޫކޮށްފައިވާ ވަރަށް ގިނަ ރަށްތަކާއި ފަޅުތައް ވެސް ނުހެދި އެބަހުރި ކަމަށެވެ. އެ ރަށްތަކާއި ފަޅުތައް ވެސް އުސޫލުގެ ތެރެއިން ނަގަމުންދާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.