ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކު
ހަބަރު
13 May 2025 | 00:52
ޒަކިއްޔާގެ މަރު: އިހްސާން ވިދާޅުވީ އޮޓޮޕްސީ ނުހަދަން ނިންމުން ރަނގަޅު ކަމަށް

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ އޮޓޮޕްސީ ނުހަދަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒަކިއްޔާ މަރުވި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވި ކަމަށް ބުނެ، އާންމު ރައްޔިތުން ފުލުހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އަދި ޒަކިއްޔާ މަރުވީ އަމިއްލައަށް ނޫން ކަމަށާ އެއީ ބަޔަކު / މީހަކު ކުރި ކަމެއް ކަމަށް އާއިލާގެ ގިނަ މީހުންނާއި އެ ރަށުގެ ގިނަ ބަޔަކު ދެކެ އެވެ.

މީގެ ކުރީން އެ މައްސަލާ ގައި އެ ރަށުގައި ސިލްސިލާ ކޮށް މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

ޒަކިއްޔާގެ މަރާއި ގުޅިގެން އޮޓޮޕްސީ ހަދާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ. މިރޭ އޮތް "އަހާ" ފޯރަމް ގައި މިނިސްޓަރު ވިދާޅުވީ އެ ރަށަށް ފުރަތަމަ ދިޔަ ފުލުހުންގެ ތަހުގީގު ޓީމުން ނިންމީ އޮޓޮޕްސީ ހެދުމަށް ކަމަށެވެ. ނަމަވެސް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމުން އެ ވަގުތު ރާއްޖޭގައި ހުންނެވި ބޭރުގެ ވަރަށް ތަޖުރިބާކާރު ޕެތޮލޮޖިސްޓެއްގެ ލަފާ އެ މަރާއި ގުޅިގެން ލިބުނު ކަމަށެވެ.

އެ ޕެތޮލޮޖިސްޓަކީ ޑޮކްޓަރުކަން ކިޔަވާ ކުދީންނަށް ކިޔަވައިދޭން އައިސްހުރި ބޭފުޅެއް ކަމަށާ އެއީ އެތައް ހާސް އޮޓޮޕްސީއެއް ހަދާފައިވާ ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިރޭގެ ފޯރަމްގައި މިނިސްޓަރު އިހްސާން ވާހަކަ ދައްކަވަނީ -- ފޮޓޯ: ވޮއިސް

"ޒަކިއްޔާއަށް ލިބިފައި ހުރި އަނިޔާތަކާއި ހުރިހާ ކަމެއް ބަލާފައި އޭނާގެ އެކްސްޕީއަރަންސް ގައި އަޅުގަނޑުމެންނަށް ދިން ލަފާ, ޕްރޮފެޝަނަލް ލަފާ މި ދެނީ. ދީފަ އެ މީހާ މި ބުނަނީ އިތުރަށް ބޭރަށް ގެންގޮސްގެން ހަށިގަނޑު އިތުރަށް ފަޅައިގެން ބެލިއަކަސް އެ ކޯޒް އޮފް ޑެތާއި އޭނަ އެ ދިން ޕްރޮފެޝަނަލް އޮޕީނިއަން ތަފާތު ވާނެ ކަމަކަށް އޭނާ ޤަބޫލު ނުކުރާކަމަށް,"

މިނިސްޓަރު ވިދާޅުވީ ޕެތޮލޮޖިސްޓް ދެއްވީ ޕްރޮފެޝަނަލް ލަފައެއް ކަމަށާ އޭނާގެ ފަންނީ ލަފައާ ތަފާތެއް ނުވާނެ ކަމުގެ ވިދާޅުވުން އޮޓޮޕްސީ ނުހަދަން ނިންމީ ކަމަށެވެ. 

ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާ އެކު ފަހުން ޑިޖިޓަލް އެޓޮޕްސީއެއް ހަދާފައިވާ ކަމަށެވެ. ޑިޖިޓަލް އެޓޮޕްސީން ވެސް އައީ އެއް ނަތީޖާއެއް ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން އެފްބީއައި އާއި އިނގިރޭސިވިލާތުގެ ފުލުހުންގެ އެހީތެރިކަމާއި އިންޑިއާގެ ކަމާބެހޭ ފަރާތްތަކުގެ ފަންނީ ލަފާވެސް ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ހުރިހާ ފަރާތްތަކަކުން ވެސް ދިނީ އެއް ލަފައެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އޭރު ނެގި ޑިޒިޝަން ގޯސް ކަމަކަށް," ޒަކިއްޔާގެ އޮޓޮޕްސީ ނުހަދަން ނިންމި ނިންމުން ރަނގަޅު ކަން ފާހަގަ ކުރައްވާ މިނިސްޓަރު އިހްސާން މިރޭ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.