މިރޭގެ ފޯރަމްގައި މިނިސްޓަރު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ވޮއިސް
ހަބަރު
13 May 2025 | 01:12
އައިސް ނުލިބުމުގެ މައްސަލަ މި ދައުރުގެތެރޭގައި ހައްލު ކުރާނަަން: ޝިޔާމް

މަސްވެރީންނަށް ބޭނުންވާ މިންވަރަށް އައިސް ނުލިބުމުގެ މައްސަލައަށް މި ދައުރުގެތެރޭގައި ދާއިމީ ހައްލެއް ހޯއްދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

ވުޒާރާތަކުގެ މަސައްކަތްތަކާއި ވަޒީރުންނާއި ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ފުރުސަތު ފަހިކުރަން ކުރިއަށް ގެންދާ "އަހާ" ފޯރަމްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މިިދިޔަ ސަރުކާރުން ފެނަކައާ ހިންގަން ހަވާލުކުރި 17 އައިސް ޕްލާންޓް ގެ ތެރެއިން ގިނަ ޕްލާންޓްތަކުގެ މަސައްކަތް ހުރީ ހުއްޓިފައި ކަމަށެވެ.

އެހެން ކަމުން އެ މަސައްކަތް އަލުން މިފްކޯގެ ދަށަށް ގެނެސް އޮޕަރޭޝަން ފެށުމަށް ގިނަ މަސައްކަތްތަކަކާއި ބޮޑު ހޭދައެއް ކުރަން ޖެހުނުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މިފްކޯގެ ބެލުމުގެ ދަށުގައި ހުރި 26 އައިސް ޕްލާންޓުގެ ތެރެއިން މިހާރު އޮޕަރޭޝަނުން ބޭރުގައި ހުރީ ތިން ޕްލާންޓު،" މިނިސްޓަރު ވިދާޅުވިއެވެ.

މިރޭގެ ފޯރަމްގައި މިނިސްޓަރު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ވޮއިސް

ޝިޔާމް ވިދާޅުވީ އަމާޒަކީ އައިސް ނުލިބުމުގެ މައްސަލަ މި ދައުރުގެތެރޭގައި ހައްލު ކުުރުން ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށް ރޭވުންތެރިކަމާ އެކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިހާރު އޮޕަރޭޝަނުން ބޭރުގައި ހުރި ތިން އައިސްޕްލާންޓް ވަރަށް އަވަހަށް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިތުރު ފަސް އައިސް ޕްލާންޓް ގާއިމު ކުުރުމުގެ މަސައްކަތް ރޭވިފައިވާ ކަމަށް ވިދާޅުވި އެވެ. މިހާރު ކުރިއަށް ދަނީ ޓެންޑާކުރެވި ބީލަންތައް ބަލައިގަނެ ބީލަން އިވެލުއޭޓުކުރުމުގެ މަރުހަލާ ކަމަށް ވިދާޅުވި އެވެ.

"އައިހަށް މި ޖެހޭޖެހުން އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެން އެއްކޮށް ނިމުމަކަށް ގެންނާނަން," ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ މިހާރު އައިސް އުފެއްދޭ މިންވަރުގެ ތެރެއަށް 700 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން އިތުރުކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.