ދަރިވަރުންތަކެއްގެ ގްރެޖުއޭޝަން ހަފްލާގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
13 May 2025 | 11:22
ޗައިނާއިން ރާއްޖެއަށް ދޭ ޕީއެޗްޑީއާއި މާސްޓަރސްގެ 39 ސްކޮލަރޝިޕަށް ހުޅުވާލައިފި

ޗައިނާ ސަރުކާރުން ރާއްޖެއަށް ދޭ ޕީއެޗްޑީގެ 14 ފުރުޞަތާއި މާސްޓަރސް ޑިގްރީގެ 25 ފުރުޞަތަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވާ ގޮތުން، މި ފުރުޞަތުގައި ޓިއުޝަން ފީ، އޮންކެމްޕަސް އެކޮމޮޑޭޝަން، ސްޓައިޕެންޑް، ރީސެޓްލްމަންޓް ފީ، މެޑިކަލް އިންޝުއަރެންސް، އަދި ދެކޮޅު ޓިކެޓު ހަމަޖައްސާނެއެވެ. އަދި މި ފުރުޞަތުތަކަކީ ދަރިވަރުން އަމިއްލައަށް ޚިޔާރުކުރާ ދާއިރާއަކުން ކިޔެވުމަށް ހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ.

ސްކޯލާޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް:

* އެޕްލައި ކުރާ ކޯހާއިގުޅޭ ދާއިރާއެއްގަިއ މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

* ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ފަރާތަކަށްވުން

* ސެޕްޓެމްބަރ 2025ގެ ނިޔަލަށް އުމުރުން 45 އަހަރުވެފައި ނުވުން

* އަޕްލޯޑްކޮށްފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެ ޝަރުތު ފުރިހަމަވެފައިވުން

މިސްކޮލަރޝިޕް ފުރުޞަތަށް ހުށައެޅޭނީ ވުޒާރާގެ ޕޯޓަލް myedu.egov.mv މެދުވެރިކޮށް، ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށެވެ.

 މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ މަތީ ތަޢުލީމު ހާސިލްކުރުމަށް ކުރިން ލޯނެއް ނަގައި އަދި އެލޯން ގަވާއިދުން ދައްކަމުންދާނަމަ، އެފަރާތްތަކަށްވެސް، މި ސްކޮލަރޝިޕަށް އެދެވޭނެކަމަށާ އަދި ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުންވެސް ލޯނު އެގްރިމަންޓްގައި ސޮއިނުކުރާނަމަ، މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ. ނަމަވެސް މިސްކޮލަރޝިޕަށް ނޮމިނޭޓްވުމުން ލޯނު ފުރުޞަތު ދޫކޮށްލަންޖެހޭނެކަމަށެވެ.

ނަމަވެސް އެހެން ސްކޮލަރޝިޕަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް، މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.