ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ޕްރޮގްރާމް ފެށުން: ފޮޓޯ/ ޢާއިލާއާ ބެހޭ ވުޒާރާ
ހަބަރު
13 May 2025 | 14:06
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް އެހީވުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފި

ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ތެރެއިން ނަފްސާނީ އެހީތެރިކަމާއި، ބެލެނިވެރިކަމުގެ ހުނަރުތައް ދެނެގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން'ސަޕޯޓް ގްރޫޕްތައް' ހިންގަން ފަށައިފިއެވެ.

މި ޕްރޮގްރާމް ފަށާފައި ވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުމާލޭ ފޭސް 2 ގައި ކުރިއަށްގެންދިޔަ 'ޙާލު ކިހިނެއް؟' ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވުނު ބެލެނިވެރިންނަށް އަމާޒުކޮށެވެ. 

މަމްސް އެއިޑްއާއި ގުޅިގެން ކުރައަށް ގެންދާ މި ޕްރޮގްރާމްގެ އަމާޒަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން، މި ސަޕޯޓް ގްރޫޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށްއެކަކު އަނެކަކަށް އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކުރުމާއި، އެކަކު އަނެކަކަށް ހިތްވަރުދިނުމާއި، ކުދިން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހިތްވަރު ހޯދާ ގޮތްތަކާއި، ކުދިން ބަލަހައްޓަމުން އަމިއްލަ ނަފްސަށް ވަގުތު ހޯދުމާއި، އަމިއްލަ ނަފްސު ބަލަހައްޓާނެ ގޮތްތައް ކިޔައިދިނުމާއި، އެފަދަ މަޢުލޫމާތުތައް ފޯރުކޮށްދިނުން ކަމަށް އިޖްތިމާޢީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ބައިވެރިންނާ ވަޒީރު ޑރ ޢާއިޝަތު ޝިހާމް ވަނީ ބައްދަލުކުރައްވައި ވާހަކަދައްކަވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ 'ޙާލު ކިހިނެއް؟' ޕްރޮގްރާމުގެ ދަށުން ގެތަކަށް ޒިޔާރަތްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެބެލެނިވެރިންނާ ވާހަކަދެއްކުމުން މި ކުދިން ބެލެހެއްޓުމުގައި މި ފަރާތްތައް ދުވަހުގެ ގިނަ ވަގުތުތަކެއް ހޭދަކުރާކަމަށާއި، މީގެތެރޭގައި، ގެއިން ބޭރަށް ނުނިކުމެ ހަފްތާތަކާއި މަސްތައް ހޭދަކުރާ ބެލެނިވެރިންވެސް ތިބިކަން ފާހަގަކުރައްވާފައެވެ.

"މި ބެލެނިވެރިންނާ ވާހަކަދެއްކުމުން، އެ ބޭފުޅުންގެ ވާހަކަތައް އަޑުއަހައި، ވާހަކަދައްކާނެ ފަރާތެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާކަންވެސް އަޅުގަނޑުމެންނަށް ދެނެގަނެވުނު. މިފަދައިން ވާހަކަދައްކައި، އެހެން ދެވަނަ ފަރާތަކާ މި އިޙްސާސްތައް ހިއްސާކުރުމަކީ، ބެލެނިވެރިންނަށް ހިތްހަމަޖެހުން ލިބި، އެ ބޭފުޅުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ހެޔޮ އަސަރުކުރާ ކަމެއްކަން ފާހަގަކުރެވުނު." ވަޒީރު ވިދާޅުވިއެވެ.

މިފަދަ ސަޕޯޓް ގްރޫޕުގެ އެހީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓަމުންދާ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، އުފާވެރިކަމާއެކު ދިރިއުޅުން ބައްޓަންކުރުމަށް ބޭނުންވާ ހުނަރުތައް ލިބިގެންދާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މި ހިތްވަރުގަދަ ބެލެނިވެރިންގެ ފަރާތުން އެކަކު އަނެކަކަށް ހިއްސާކުރާ ތަޖުރިބާތަކުގެ އަލީގައި މި ކުރެވޭ މަސައްކަތްތަކަކީ އަމިއްލަ ނަފްސަށް ފަޚުރުވެރިވާންޖެހޭ އަގުހުރި ޚިދުމަތެއްކަމުގެ އިޙްސާސްކުރެވި، ދުވަސް ހެޔޮގޮތުގައި ރާވާލުމުގައި، ކުދިން ބެލެހެއްޓުމުގައި ސަޕޯޓް ސިސްޓަމެއް އުފެދިގެންދާނެކަމަށް ވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. 

ނުކުޅެދުންތެރިކަން ހުންނަ ކުދިން ބެލެހެއްޓުމުގައި ބެލެނިވެރިންގެ ފަރާތުންފެންނަ އޯގާތެރިކަމާއި ކެތްތެރިކަން ފާހަގަކޮށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ މި ބެލެނިވެރިންނަށް ހިތްވަރުދެއްވާފައެވެ. އަދި، މޮމްސް އެއިޑުން ސަޕޯޓް ގްރޫޕްތައް ހިންގައިދިނުމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، އެ ފަރާތަށް ވެސް ވަޒީރުވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

އެކި ބެޗްތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން، މި ސަޕޯޓް ގްރޫޕްގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.