ތުޅާދޫގައި އިމާރާތްކުރި ހައުސިން ޔުނިޓްތަކެއް... ފޮޓޯ: ވޮއިސް
ހަބަރު
13 May 2025 | 19:35
އިތުރު 15 ރަށެއްގައި ހައުސިން ޔުނިޓުތައް އެޅުމަށް ހުޅުވާލައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިތުރު 15 ރަށެއްގައި ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން ގެޒެޓްކުރި އިއުލާނެއްގައި މިއަދު ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގައި ހައުސިން ޔުނިޓްތައް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައެވެ.  ހައުސިން ޔުނިޓްތައް އެޅުމަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގެ މަރުހަލާ ކުރިއަށްދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް އުސޫލުންކަމަށެވެ.

ހައުސިން ޔުނިޓްތައް އެޅުމަށް

ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުވާލި ބައެއް ރަށްތަކާއި ހައުސިން ޔުނިޓްތަކުގެ އަދަދު:

- އައްޑޫސިޓީ ހިތަދޫގައި 100 ހައުސިން ޔުނިޓް

- ހދ.ނެއްލައިދޫ: 60 ހައުސިން ޔުނިޓް

- މ.ދިއްގަރު: 75 ހައުސިން ޔުނިޓް

- ހއ.އިހަވަންދޫ: 200 ހައުސިން ޔުނިޓް

- ހދ.މަކުނުދޫ: 100 ހައުސިން ޔުނިޓް

- ނ.ކެނދިކުޅުދޫ: 100 ހައުސިން ޔުނިޓް

- ރ.މަޑުއްވަރީ: 100 ހައުސިން ޔުނިޓް

- ރ.އިނގުރައިދޫ: 100 ހައުސިން ޔުނިޓް

- ބ.ތުޅާދޫ: 100 ހައުސިން ޔުނިޓް

- ޅ.ހިންނަވަރު: 100 ހައުސިން ޔުނިޓް

-  ތ.ވިލުފުށި: 100 ހައުސިން ޔުނިޓް

- ގދ.ގައްދީ: 100 ހައުސިން ޔުނިޓް

- އައްޑޫސިޓީ މަރަދޫ: 100 ހައުސިން ޔުނިޓް

- އައްޑޫސިޓީ މަރަދޫ ފޭދޫ: 100 ހައުސިން ޔުނިޓް

- އައްޑޫސިޓީ މީދޫ: 100 ހައުސިން ޔުނިޓް

ފިނޭންސުން ބުނީ ހައުސިން ޔުނިޓްތައް އެޅުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކަން މެއިމަހުގެ 25 ވަނަ ދުވަހުގެ 1400 ގެ ކުރިން ހުށަހަޅަންޖެހޭނޭކަމަށެވެ. 

ސަރުކާރުން ވަނީ މިދިޔަ އޭޕްރިލްމަހުގެ 22 ވަނަ ދުވަހު 57 ރަށުގައި ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުވާލާފައެވެ.

ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓް ޖުމްލަ ގޮތެއްގައި ބޯހިޔާވަހިކަމަށް ހާއްސަކޮށްފައެވެ. އެގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ މިއީ ބޯހިޔާވަހިކަމުގެ ބަޖެޓް ކަމަށާއި، މި ބަޖެޓުން ރާއްޖޭގެ ތާރީހުގައިވެސް އެންމެ ފުޅާދާއިރާއެއްގައި ގެދޮރުވެރިކަމަށް މަގުފަހިކޮށްދޭނޭ ކަމަށެވެ. ސަރުކާރުން މި އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމަށް ހާއްސަކޮށް 1.5 ބިލިއަން ރުފިޔާގެ މަޝްރޫޢު ވަނީ ހިންގުމަށް ނިންމާފައެވެ.

ކޮމެންޓް
މީހަ
ވަކިވަކި ރަށްތަކުގަ އާބާދުކޮށް ޤައުމު ހަލާކުކޮށްނުލާ އެއްފަސްކުރޭ
14 May 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.