ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
14 May 2025 | 13:00
ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބަން: މަހާޒު

ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯލަންބަވާފައި ނުވާނެ ކަމަށާ، އެފަދައިން މަސައްކަތް ކުރެވުނު ކަމަށްޓަކައި އުފާ ކުރައްވާ ކަމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން މިއަދު ވަކިކުރެވުނު ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

އެހެންކަމުން އޭނާ މަގާމުން ވަކިވެފައިވާކަން ރިޔާސަތުން ވަނީ އިއުލާން ކުރައްވާފައެވެ.  

އެކަމާއި ގުޅިގެން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މަހާޒު ވިދާޅުވީ، ސުޕްރީމް ކޯޓުގައި ކުރެއްވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާ، ކުރެއްވި ހުރިހާ މަސައްކަތެއް ކުރެއްވީ ކުރާ ހިތުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން. ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް.

މަހާޒު އަލީ ޒާހިރު

މިއާއެކު މަހާޒު ވަނީ، އޭނާއަށް ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން، ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ”ގާނޫނާ ޚިލާފަށް“ ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ފާޅު ކުރެއްވި އެންމެހައި ޝުއޫރުތަކަށް ޝުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ަމަހާޒުގެ އިތުރުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަޒްމިރަލްދާ ޒާހިރު ވަކިކުރަންވެސް މިއަދުގެ ޖަލްސާގައި ވަނީ ނިންމާފައެވެ. 

އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމައި، މަޖިލީހަށް ހުށަހެޅުމުން ޖުޑިޝަރީ ކޮމިޓީގައި ވަނީ އެކަމާމެދު ބަހުސްކޮށް ދިރާސާ ކޮށްފައެވެ. އެމްޑީޕީން މެންބަރުން ބޭނުންވެވަޑައިގެންނެވީ ފަނޑިޔާރުން ކޮމިޓީއަށް ހާޒިކޮށް ޖަވާނުދާރީވާން ފުރުސަތު ދިނުމަށްފަހު އެކަމާމެދު ގޮތެއް ނިންމާށެވެ. ނަމަވެސް ކޮމިޓީން ނިންމީ އެގޮތަށް ކަން ނުކުރާށެވެ. 

އެގޮތުން، ކޮމެޓީގެ ނިންމުމުގައި ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީ ނިންމި ނިންމުން ސައްހަ ކަމަށް ކޮމެޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެން ކަމުން ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ނިންމާ މައްސަަލައާމެދު ގޮތް ނިންމަން މަޖިލީހުގެ ތަޅުމަށް ފޮނުވީއެވެ. 

ކޮމެންޓް
ޢަލީ
ދެން ކީއްކުރަން އެސޮރުކޮބައިތޯ ބަލަން ކޯޓަށްގުޅީ؟
14 May 2025
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.