ކާޅެއް
ހަބަރު
14 May 2025 | 16:30
ކާޅަކީ މަރަން ޖެހޭ އެއްޗެއް، ނަބަވީ އިރުޝާދު އޮތީ އެގޮތަށް: ޒަމްޒަމް

ކާޅަކީ މަރަން ޖެހޭ އެއްޗެއް ކަމަށާ އެއީ ތަރުބިއްޔަތު ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިހް ޒަމްޒަމް ފާރިސް ވިދާޅުވެއްޖެ އެވެ.

ޒަމްޒަމް މިހެން ވިދާޅުވީ ކާޅާއި ވާލާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މަރިޔަމް މާރިޔާ ވިދާޅުވުމާއި ގުޅިގެންނެވެ.

ޝެއިހް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ކާޅު ހިމަނުއްވާފައިވަނީ، ނަގުލަންދާއްޓާއި، މީދާ ފަދަ މީސްތަކުންނަށް ދުއްތުރާކޮށް ފަސާދަކުރަނިވި ހައިވާނުންގެ ތެރެއިން ކަމަށެވެ. އަދި ނަބަވީ އިރުޝާދު ވެސް އައިސްފައިވަނީ އެތަކެތި މެރުމަށް ކަމަށް ވިދާޅުވި އެވެ.

ކަމަކާނުލާ އެހެން ޖަނަވާރުން މެރުން މަނާކުރެވިފައިވާ ހަރަމްފުޅު ފަދަ ތަންތަނުގައި ވެސް މި ފަދަ ފަސާދަކުރަނިވި ޖަނަވާރުން މެރުން ހުއްދަ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިތަކެތި މެރުމަށް އިސްލާމް ދީނުގައި އަންގަވާފައިވަނީ ވަރަށް ބޮޑެތި ހިކުމަތްފުޅު އެ އަމުރުފުޅުގައި ހިމެނޭތީ ކަން ކޮންމެ މުސްލިމަކު ވެސް ގަބޫލުކުރަން ވާނެ ކަމަށެވެ. އެ އަމުރުފުޅުތައް ތަންފީޒުކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަންވާނެ ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ. އޭގެ އިތުރުން ކާޅު ފަދަ ތަކެއްޗަކީ ސިހުރުވެރިން ވަރަށް ގަޔާވާ ތަކެތި ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، ކާޅާއި ވާ ދިރިއުޅެމުންދާ ތަން އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް މިހާރު ހަލާކުވެފައިވާ ކަމަށެވެ. އޭގެ ސަބަބުން އެ އެއްޗެހި އަހަރެމެންގެ ގޭގޭގެ ގަހުގަހުގައި ހުންނަ މޭވާތައް ކައިބޮއި ހަދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

”މީގެ ދޭހަވަނީ އަޅުގަނޑުމެން ދިރޭ ތަކެތީގެ މާހައުލު ރައްކާތެރިކޮށް ނުބަލަހައްޓަންޏާ، އެ އެއްޗެހިވެސް ދާނެ ތަނެއް ހޯދަންޖެހެއޭ. މިކަހަލަ ކަންކަމާހުރެ އަޅުގަނޑުމެން މި ދަންނަވަނީ ކާޅާއި ވާލުގެ ހެބިޓެޓް ރައްކާތެރިކުރަންޖެހެއޭ.“ ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.