މަޖިލީހުގެ ކޮމިޓީގައި އެންސްޕާ އަދި ޑިސަބިލިޓީ އިދާރާގެ ވެރިން... ފޮޓޯ: މަޖިލިސް
14 May 2025 | 19:33
ނުކުޅެދުންތެރިކަން ހުންނަ މީހުނަށް އޭޕްރިލްމަހު, 50.2 މިލިއަން ރުފިޔާ ހޭދަކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުނަށް މާލީ އެހީތެރިކަމުގެ ގޮތުގައި ހުސްވި އޭޕްރިލްމަހު 50.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް  ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ބުނެފިއެވެ.

އެންސްޕާއިްނ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައިވާ ފަރާތްތަކަށް އޭޕްރިލްމަހު އެކަނިވެސް މާލީ އެހީގެ ގޮތުގައި 50،220،000 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ. އެންސްޕާއިން ބުނީ އޭޕްރިލްމަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި 14،188 މީހަކު ރަޖިސްޓްރީކޮށްފައިވާކަމަށެވެ.

މިދިޔަ މަހު އެކަނިވެސް އަލަށް 103 މީހަކު ވަނީ ރަޖިސްޓްރީކޮށްފައެވެ. އެންސްޕާގެ ދަފްތަރުގައި ތިބި 14،188 މީހުންގެ ތެރެއިން 14،024 މީހުނަށް މާލީ އިނާޔަތް ފޯރުކޮށްދެވިފައިވާކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން އެލަވަންސް ދެމުންދާއިރު، މިދިޔަ އަހަރު އެފަރާތްތަކަށް 560 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއަހަރުގެ ބަޖެޓަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސްގެ ގޮތުގައި 634.3 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ނުކުޅެދޭ މީހުންގެ ދަފްތަރުގައި 18 އަހަރުން ދަށުގެ 4،790 ކުދިން ތިބިކަމަށް އެންސްޕާއިން ވަނީ މީގެ ކުރިން ބުނެފައެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ރާއްޖޭގައި އެންމެގިނައީ، "މަލްޓިޕަލް ޑިސެބިލިޓީ" ހުންނަ ކުދިންނެވެ. އޭގެ އިތުރުން ދެން އެންމެގިނައީ، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އިތުރުން ވިސްނުމުގެ ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.