މީހަކު ވޯޓު ލަނީ: ފޮޓޯ/ ވޮއިސް
ހަބަރު
15 May 2025 | 13:33
ފެންނަ ނުފެންނަ ވޯޓު ނެގުމަށް ގާނޫނަށް ބަދަލު ގެނައުމަށް އަންނަ ޖޫންމަހު މަޖިލީހަށް ބިލް ހުށަހަޅަނީ!

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި އޮންނަގޮތަށް ޤާނޫނުއަސާސީ އަށް އިސްލާހް ގެނައުމަށް ޚިޔާލު ހޯދުމުގެ ވޯޓު ނެގުމާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުތެރޭގައި ހުށަހެޅުމުގެ މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ ދެމެދު އޮންނަނީ ވަރަށް ކުޑަ ދުވަސް ކޮޅެއް ކަމަށެވެ. އެހެންކަމުން ރައްޔޮތުންނަށް އެންމެ ރަނގަޅު ވާނީ ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމުން ކަމަށް ރައީސް ވިދާޅުވިއެވެ. 

މި ހަމަ ރައްޔިތުންގެ ޚިޔާލަށް ދާނެ ކަމެއް. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމެއްވެސްމެ. އަޅުގަނޑު ވަކި ގޮތެއް މިހެން ނިންމައިގެން ނިންމޭނެ ކަމެއްވެސް ނޫން. ނުވެސް ނިންމޭނެ. ނިންމެން އޮތަސް ބޭނުންވަނީ ރައްޔިތުން ކައިރިން އަހައިގެން ނިންމަން

ރައީސް މުޢިއްޒު

ރައްޔިތުންނާއެކު ޕޮޑްކާސްޓްގެ ތެރެއިން: ފޮޓޯ/ ރައީސް އޮ

ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވަކިން ބޭއްވުމުގެ ބަދަލުގައި އެއްކޮށްލެވިއްޖެނަމަ، އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެކަމަށެވެ. އަދި އެކަމުން ރައްޔޮތުންނަށްވެސް ގިނަ ފައިދާ ތަކެއް ވާނެ ކަމަށެވެ. 

މިކަމަށް ގާނޫނެއްވެސް ފާސްކުރަން، މަޖިލިސް ހުޅުވި، ޖޫން މަހު ދެވަނަ ދައުރަކަށް މަޖިލިސް ހުޅުވޭއިރު އެކަމާ ބެހޭ ބިލެއް ހުށަހެޅުމެއް ބިލެއްގެ މަސައްކަތްވެސް އެބަކުރެވޭ. 

ރައީސް މުޢިއްޒު 

މީގެ އިތުރުން ރައީސް ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ނޯންނަގޮތަށް ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ދިޔުމުން ވެސް ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވާފައެވެ.

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ބުނާގޮތުން މިފަދަ ވޯޓެއް ނެގޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްނަގައި، ރައްޔިތުންގެ އާނބަސް ހޯދައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ