މިއަދުގެ ޕޮޑްކާސްޓްގައި ރައީސް ވާހަކަ ދައްކަވަނީ
ހަބަރު
15 May 2025 | 14:42
އަތޮޅު ކައުންސިލްތައް އުވާލަން ގަސްތުކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ

އަތޮޅު ކައުންސިލްތައް މިހާރު އޮތްގޮތުން ރައްޔިތުންނަށް އޭގެ މަންފާ ނުލިބޭކަން ފާހަގަ ކުރައްވާ އަތޮޅު ކައުންސިލްތައް އުވާލަން ގަސްތުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ހަ ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްގެ ރައީސަކު ވަކީން އިންތިހާބުކޮށް އަތޮޅުގެ ހުރިހާ ރަށެއްގެ ރައީސުން ކައުންސިލްގައި ހިމެނޭ ގޮތަށް އޮތުމުން ނަތީޖާ ނުފެންނަ ކަމަށެވެ. އަދި އަތޮޅުގެ ކަންކަމުގައި މަސައްކަތް ކުުރުމުގެ ބަދަލުގައި ހުރިހާ މެންބަރުންގެ ފޯކަސް ހުންނަނީ ރަަަށްރަށުގެ ކަންކަމަށް ކަމަށް ވިދާޅުވި އެވެ.

"އަތޮޅުގެ ކަމެއްގައި މަޝްވަރާކުރަން ބައްދަލު ކުރިއަސް އެ ރަށެއްގެ ކަމެއް އެ ރަށުގެ ކައުންސިލަރަށް އިސްކުރެވެނީ. މުޅި އަތޮޅުގެ ކަމެއްގައި ވާހަަކަ ދެކެވޭ ވަރު މަދު. ގިނަ ފަހަރަށް ބައްދަލުވުންތައް ބޭއްވެނީ އޮންލައިންކޮށް، އެއްތަނަކަށް ނާދެވި،" ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ފައިސާ މިހާރު ހޭދަކުރެވޭ ގޮތާމެދު ވެސް ރައީސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ބަައެއް ކައުންސިލްތަކުން ބޭރު ގައުމުތަކަށް ދަތުރު ކުރަމުންދާ ކަމަށެވެ. އެކަމުން ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށް ވިދާޅުވި އެވެ.

އެހެން ކަމުން ރަށްރަށު ކައުންސިލްތައް ހަރުދަނާކޮށް އަތޮޅު ކައުންސިލްތައް އުވާލަން ހުށައަޅުއްވަން ވިސްނުންފުޅު ގެންގުޅުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.