ެއިސްލާމިކް މިނިސްޓްރީގެ އިސްވެރީން
ހަބަރު
15 May 2025 | 17:57
އަސްކޮއި ގުރޫޕަށް އަދަބު ދީފި، 130،000 ރުފިޔާގެ ޖޫރިމަނާއެއް

މިދިޔަ ރޯދަ މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކި ބަޔަކު އުމްރާއަށް ގެންދަން ދެކޮޅު ހެދި އަސްކޮއި ގުރޫޕުގެ މައްސަލަ ބަލާ ފިޔަވަޅު އަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފައިސާ ދެއްކި ނުވަ މީހުންނަށް އެ މީހުން ދެއްކި ފައިސާ އަނބުރާ ދީ 130،000 ރުފިޔާ އިން އެ ގުރޫޕް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެ ފައިސާ މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް ވަނީ އަންގާފަ އެވެ.

އަސްކޮއިގެ ހަވާލުގައި ރަމަޟާން މަހުގެ ފަހު 15 ގައި އުމްރާއަށް ދިޔުމަށް އާއިލާ އަކުން ފައިސާ ދައްކާފައި ވަނިކޮށް، އެ ދަތުރު ނުކުރެވޭނެ ކަމަށް އަސްކޮއިން ބުނެފައިވާ ކަމަށް ބުނެ އެ އާއިލާއިން ވަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ އާއިލާއިން ބުނި ގޮތުގައި، އެ މީހުން ވަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެން، މީހަކަށް 42،000ރ.ގެ މަގުން އުމްރާގެ އަގު އަދާކޮށް ނިންމާފަ އެވެ. އެ ފައިސާ އަނބުރާ ދެއްކޭނީ ވެސް އަންނަ މަހު 15ގެ ފަހުން ކަމަށް ގުރޫޕުން ބުނެފައިވާ ކަމަށް އެ އާއިލާއިން ބުނެފައިވެއެވެ. 

އެކަން ސަމާލުކަމަށް އައުމާއެކު އެކަން ބަލާ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.