ނ.މާޅެންދޫގައި އޭޓީއެމްގެ ހިދުމަތް ފެށުން... ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ހަބަރު
15 May 2025 | 20:45
ނ.އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފޯރުކޮށްދެވިއްޖެ: ބީއެމްއެލް

އަދުގެ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ނ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމުގެ ހިދުމަތް ފޯރުކޮށްދެވިއްޖެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓިއެމްގެ ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިއްމު މަސައްކަތެކެވެ. ބީއެމްއެލުން ބުނީ، ނ އަތޮޅުގައި އޭޓީއެމުގެ ހިދުމަތް މިހާތަނަށް ނުދެވި ހުރި 7 ރަށަށް މިއަދުގެ ނިޔަލަށް އެ ހިދުމަތް ފޯރުކޮށްދެވިފައިވާކަމަށެވެ. އެ ރަށްތަކަކީ، ޅޮހި، ހެނބަދޫ، ލަންދޫ، ކުޑަފަރީ، މާޅެންދޫ، މަގޫދޫ އަދި ފޮއްދުއެވެ. ބީއެމްއެލުން ބުނީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭންކްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުްނގެންދާ މަސައްކަތްތަކަށް ލިބުނު ފަހުރުވެރި ކާމިޔާބެއްކަމަށެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އޭޓީއެމް އަދި ބޭންކިންގެ ޚިދުމަތް ނ އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮއްދެއްވުމުގެ ވަޢުދު މިއަަދު ފުރިހަމަވެފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހަމައެއާއިއެކު ހއ.އަތޮޅާއި ދ.އަތޮޅުގެވެސް މީހުންދިރިއުޅޭ ކޮއްމެރަށެެއްގައި މިހާރު އޭޓީއެމްގެ ޚިދުމަތް މިހާރު ލިބިެންހުއްނާނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައާއެކު 20 އަތޮޅެއްގައި 39 ބްރާންޗު އަދި 114 ސެލްފް ސާވިސް ބޭންކިން ސެންޓަރ، އަދި 172 އޭޓީއެމް މިހާރު ބެހެއްޓިފައިވާކަމަށެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ހިދުމަތް އިފްތިތާހުކުރުން އޮތީ މިދިޔަ އަހަރު ނޮވެމްބަރުމަހުގެ 7 ވަނަ ދުވަހުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.