ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމް ސައުދީއަށް ފުރުން: ފޮޓޯ/ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް
ހަބަރު
16 May 2025 | 15:29
ހައްޖާޖީން ފުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމަށް ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމް ސައުދީއަށް!

‏1446ހ ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ ހައްޖުވެރިން ހައްޖަށް ފުރުމުގެ ކުރިން ސައުދީއަރަބިއްޔާގައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކަށް ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމް މިއަދު ފުރައިފިއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ދިވެހިރާއްޖެއަށް ވަނީ 1000 ހައްޖު ކޯޓާ ލިބިފައެވެ.

އަދި ދިވެހި ޙައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 އިން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރު ހައްޖަށްދާ ހައްޖާޖީން ސައުދީ ދެ އެއާލައިނެއްގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ދެ ބޯޓެއްގައިވެސް ސައުދީއަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް މީގެ ކުރިން ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. 

ދިވެހި ހައްޖާޖީންނަށް ހައްޖުގެ އަޅުކަމުގެ ދަތުރުގައި ލުއިފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ވަނީ މި އަހަރު ހިމަނާފައެވެ. 

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭގޮތަށް ކަންކަން އިންތިޒާމް ވެގެން ދިއުމެވެ. އެގޮތުން ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. 

ހައްޖުވެރިންގެ ކަންކަން ވީހާވެސް ގާތުން ބެލުމަށް ސައުދީ އަރަބިއްޔާގައި ހަރަކާތްތެރިވާ ދިވެހި ހައްޖު މިޝަންގައި ހައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި، މެޑިކަލް ޑޮކްޓަރަކާއި، ދީނީ އިލްމުވެރިން ހިމެނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Jul 2026
މިދިޔަ ހަފްތާގައި ހިމަބިހީގެ 22 ކޭސް ފެނުނު
އެ ހުރިހާ މީހުންނަކީވެސް މާލެ ސަރަހައްދުން ފެނުނު މީހުން
21 Jul 2026
އެއަރ ކާގޯ ޗައިނާ ފެއާގައި އެމްއޭސީއެލުން ބައިވެރިވެއްޖެ
21 Jul 2026
ބްރިޖް އަދި ހައިވޭ ފުލުހުންގެ އޮޕަރޭޝަނެއް
ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަންތަކަކީ މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމަށާއި، ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުން ހުއްޓުވައި، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ތަފާތު ވަގުތުތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ.
21 Jul 2026
އެސްއޯއީތަކުގެ އޯޓީ އެއްހަމަ ކުރުމުން ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާވެގެންދާނެ: ޕީސީބީ
މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށާއި، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވެގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ޕީސީބީން ބުނޭ
21 Jul 2026
އެސްއޯއީތަކުން މުއައްޒަފުން މަދުކުރަނީ އޮޅުވާލުމެއްގެ ތެރެއިން: ފައްޔާޒް
ފައްޔާޒް ވިދާޅުވީ، އެސްއޯއީތަކުން އެ އަދަދަސް މުއައްޒަފުން ވަކިކޮށްފިނަމަ، 50،000 ހާހަށްވުރެ ގިނަ މީހުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނޭކަމަށެވެ.
21 Jul 2026
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމަށް އެއްބަސްވުމެއް
ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ މަގު ފަހިކުރުމަށްޓަކައި އެއާ ސާވިސަސް އެގްރީމަންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.
21 Jul 2026
ތުހުމަތުކުރެވޭ މީހާގެ 'ޙާލަތަށް ރިޢާޔަތްކޮށް' ފިޔަވަޅުއެޅުމުގެ މަސައްކަތް ކުރަނީ
ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް ގެއްލުންދިން މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ 'ހާލަތަށް ރިއާޔަތްކޮށް'، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
21 Jul 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މ.ރަންދޫވިލާ އަމްޖަދު މުޞްޠަފާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރައްވައިފިއެވެ.