ރ. ފައިނު
ހަބަރު
16 May 2025 | 22:06
ރ އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް އަޅާނެ ރަށެއް ނިންމަން ރައްޔިތުންގެ ވޯޓެއް ނަގަނީ

ރ އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް އަޅާނެ ރަށެއް ނިންމަން ރައްޔިތުންގެ ވޯޓެއް ނަގަން ނިންމައިފި އެވެ.

އެ ނިންމުން ނިންމީ ރ އަތޮޅު ކައުންސިލުން ބޭއްވި ބައްދަލްވުމުގަ އެވެ. އިއްޔެ އޮތް ބައްދަލްވުމުގައި ކައުންސިލުން މި ނިންމުން ނިންމިއިރު ސަރުކާރުން ވަނީ ރ. ފައިނުގައި އެއާޕޯޓް އަޅަން ނިންމާފަ އެވެ. އެ މަސައްކަތް ފެށުމަށް އެމްޓީސީސީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާ ދެމެދު ވަނީ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ.

ނަމަވެސް ކައުންސިލްގެ ބައްދަލްވުމުގައި ރަސްމާދޫ ކައުންސިލްގެ ރައީސް ވަނީ ރ އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް އަޅާނެ ރަށަކާ މެދު އަތޮޅު ކައުންސިލުން ދެކޭ ގޮތެއް ހާމަކުރުމަށާއި އެކަމާމެދު ގޮތްތަކެއް ނިންމަން ހުށައަޅުއްވާފަ އެވެ. އެ ހުށައެޅުމާއި ގުޅިގެން ކިނޮޅަސް ކައުންސިލްގެ ރައީސް ދެކުނު ބިތުގައި އެއާޕޯޓު އަޅާނެ ރަށެއް ނިންމުމުގައި ރައްޔިތުންގެ ވޯޓެއް މުހިންމު ކަން ފާހަގަ ކުރައްވާފަ އެވެ.

އެހެން ކަމުން މުޅި އަތޮޅުގެ ހުރިހާ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމަށް ހުށައެޅި އެވެ. ހުށައެޅުމުގައި ވަނީ މާލެއާ އަތޮޅުގެ ހުރިހާ ރަށެއްގައި ވޯޓް ފޮށި ބަަހައްޓާ ރައްޔިތުންނަށް ފެންނަ ގޮތެއް ނިންމުމަށެވެ.

އެ ނިންމުމަށް 13 ކައުންސިލަރުންގެ ތެރެއިން ނުވަ ކައުންސިލަރުން ތާއީދުކުރި އެވެ.

ނަމަވެސް އެ ވޯޓް ނަގާނެ ތާރީހެއް ކަނޑައެޅުން އަދި އޮތީ ފަސްކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.