މިދިޔަ އީދަށް ބޮކިފަތި ހަރުކުރުމުގެ ތެރެއިން... ފޮޓޯ: މާލެސިޓީ ކައުންސިލް
ހަބަރު
17 May 2025 | 08:51
ބޮޑުޢީދަށް ކުލަ ބޮކިފަތީގެ ޑިމާންޑް ބޮޑުވެއްޖެ

އަޟްހާ ޢީދާ ދިމާކޮށް ކުލަބޮކިފަތީގެ ޑިމާންޑް ބޮޑުވެފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ކުރިއަށްއޮތް ޢީދު ފާހަގަކުރުމަށް އަތޮޅުތެރޭގެ ރަށްރަށުގައި ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ހާއްސަ ގޮތެއްގައި ޢީދަށް ރަށްތައް ދިއްލާލުމަށް ވަރަށްގިނަ ކައުންސިލް އިދާރާތަކުން ގެންދަނީ މަސައްކަތްކުރަމުންނެވެ. މިކަމާ ގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮޑު ޢީދަށް، އީދު ލައިޓް ބޭނުންވެގެން ވަރަށް ގިނަ ކައުންސިލްތަކުން އެދެމުންދާކަމަށެވެ. އެގޮތުން "އީދު ލައިޓްގެ ޑިމާންޑް ވަރަށް ހައި" ކަމަށް މިނިސްަޓަރުގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ޕޯސްޓްގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ހަރަދުކޮށްގެން މިދިޔަ އަހަރުވެސް އަދި މިއަހަރުވެސް ބޮޑުއީދަށް އީދު ލައިޓް ހޯދާފައި ނުވާނޭކަމަށެވެ. 

އީދު އަލި ނަމުގައި ސަރުކާރުން އީދުގެ އުފާ ފާހަގަކުރުމަށް ހިންގަން ފެށި އެ ހަރަކާތަށް ރައްޔިތުންގެ ބޮޑު ޝައުގުވެރިކަމެއް ވަނީ ލިބިގެންގޮސްފައެވެ. ހާއްސަ ގޮތެއްގައި މިކަމަކީ ކުދިވެރިންގެ ޝަގުވެރިކަން ވަރަށްބޮޑަށް ލިބިގެންދިޔަ ކަމެއްކަމަށް ރައްޔިތުން ބުނެއެވެ.

މިނިސްޓަރު އާދަމް ޝަރީފް ދައުލަތުގެ މީޑިއާއަށް ވިދާޅުވެފައިވަނީ އީދަށް ދިއްލުމަށް ލައިޓް ގެންނަނީ އަހަރަކު އެއްފަހަރު ކަމަށާއި، ޑިމާންޑަށް ބަލައި ކުރިއަށް އޮތްތަނުގައި އެކަމަށް ބަޖެޓް ކުރާނޭކަމަށެވެ. އީދު އަލި ޕްރޮގްރާމްގެ ދަށުން މީގެ ކުރިން ވެރިކަންކުރާ ރަށާއި އިތުރު ދެރަށް ދިއްލުމަށް ވަނީ ލައިޓް ފޯރުކޮށްދީފައެވެ. 

ސަރުކާރުން މިފަހަރުގެ ބޮޑުއީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ނިންމާފައިވަނީ، ތިލަދުންމަތީ އުތުރުބުރީ ކެލަޔާއި މާލެ އަތޮޅު ގުރައިދޫ އަދި ހައްދުންމަތީ ގަމުގައެވެ. އީދު ފާހަގަކުރުމުގެ ހަރަކާތްތައް އަތޮޅުތެރޭގެ ރަށްތަކުގެ އިތުރުން ކުލަގަދަ ހަރަކާތްތަކެއް މާލެ އަދި ހުޅުމާލޭގައިވެސް ކުރިއަށްދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.