ހާރިޖީވަޒީރު ޑރ.ޢަބްދުﷲ ހަލީލް
ހަބަރު
17 May 2025 | 12:04
ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ނުފޯރުވާނޭކަމުގެ ޔަގީންކަން ބޭރުގެ ފަރާތްތަކަށް ދީފި

ޝަރުއީ ދާއިރާއަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނޭކަމުގެ ޔަގީންކަން ބޭރުގެ ފަރާތްތަކަށް ހާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ހަލީލް މިއަދު ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކޮމަންވެލްތުގެ އިސް ފަރާތްތައް ޓެގްކުރައްވައި ހާރިޖީ ވަޒީރު ވިދާޅުވީ، ރައީސުލުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޝަރުއީ ދައިރާއަށް ނުފޫޒު ނުފޯރުވާނޭކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. ހަލީލް ވިދާޅުވީ ސްޕްރީމްކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހްގީގަކަށްފަހު، ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އެހެންކަމުން ޝަރުއީ ދައިރާގެ އެއްވެސް ކަމަކަށް ރައީސްގެ ނުފޫޒެއް ނޯންނާނޭކަމުގެ ޔަގީންކަން ހަލީލް ވަނީ ދެއްވާފައެވެ.

ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް ދެމިއޮންނާނޭކަން ފާހަގަކުރައްވަމުން ހަލީލް ވަނީ އިދިކޮޅު ފަރާތްތަކުންވެސް އެކަމުގެ ފުރިހަމަ ތެދު މައުލޫމާތު ބޭރުގެ ފަރާތްތަކާ ހިއްސާކުރައްވާނޭކަމަށް އުއްމީދުކުރާކަމަށް ވިދާޅުވެފައެވެ.

ޖޭއެސްސީން ހިންގި ތަހުގީގުތަކަށްފަހު ސްޕްރީމްކޯޓުގެ ދެ ފަނޑިޔާރުންކަމަށްވާ  ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރައްވާފައިވަނީ މިދިޔަ ބުދަދުވަހުއެވެ. އެ މައްސަލާގައި އިދިކޮޅު އެމްޑީޕީން ބުނެފައިވަނީ ސްޕްރީމްކޯޓުގެ ފަނޑިޔާރުން މަޤާމުން ވަކިކޮށްފައިވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ޤާނޫނީ އިމުގެ ބޭރުންކަމަށެވެ. އެގޮތުން އެމްޑީޕީން ވަނީ އެކަން ބައިނަލްއަޤްވާމީ ފަރާތްތަކާވެސް ހިއްސާކޮށްފައެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

ސްޕްރީމްކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށްފައިވާއިރު، ފަނޑިޔާރު ހުސްނުއްސުއޫދުވެސް މިވަގުތު ހުންނެވީ ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެން ސަސްޕެންޝަނުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.