އެސްޓީއޯ ސްމާޓް ސްޓޯރ-- ފޮޓޯ: އެކި
ހަބަރު
18 May 2025 | 00:35
އެސްޓީއޯ ހުޅުމާލޭ ސްމާޓް ސްޓޯރު، ފާމަސީއަކަށް ބަދަލުކުރަނީ

އެސްޓީއޯއިން ހުޅުމާލޭ ފޭސް އެކެއްގެ ފިހާރަބަރި ހުންނަ ސަރަހައްދުގައި ހެދި ސްމާޓް ސްޓޯރު، އެންމެފަހުން ބޭސްފިހާރައަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވަނީ އެކަން ހިނގަމުންދާކަމަށް ވިދާޅުވެފައެވެ. ޝިމާދު ވިދާޅުވީ، ސްމާޓް ޝޮޕް، ފާމަސީއަކަށް ބަދަލުކުރުމަށް ނިންމީ ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭސް ލިބިމުގައި މިހާރު އޮތް އުނދަގޫތަކަށް އިތުރު ލުއިތަކެއް ހޯދައިދިނުމުގެ ބޭނުމުގައިކަމަށެވެ. އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ހުންނަ ބޭސްފިހާރައިން ހިދުމަތް ހޯދުމަށް ރައްޔިތުން ގިނައިރު އެތަނުގައި ހޭދަކުރަންޖެހޭކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ.

ބޭސް ލިބުމުގައި ރައްޔިތުންނަށް އޮތް ދަތިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް އަހަރީ އާއްމު ޖަލްސާގައި އެސްޓީއޯގެ އެމްޑީ ވަނީ ވިދާޅުވެފައެވެ. މިގޮތުން ހުޅުމާލޭ ފޭސް ދޭއްގައިވެސް ފާމަސީއެއް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަަކަމަށް ޝިމާދު ވަނީ ވިދާޅުވެފައެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ޤާއިމްކުރި ސްމާޓް ސްޓޯރު ހުޅުވާފައިވަނީ 2023 ވަނަ އަހަރުގެ ޖުލައިމަހުގެ 27 ވަނަ ދުވަހުއެވެ. މިއީ ކޭޝިއަރަކާ ނުލައި ރާއްޖޭގައި ވިޔަފާރި ކުރެވޭގޮތަށް ހެދި މިފަދަ ފުރަތަމަ ސްމށާޓް ސްޓޯރެވެ. އެ ފިހާރައިން ވިޔަފާރިކުރެވެނީ އެކަމަށް ހައްސަ އެޕްލިކޭޝަނެއް ފޯނަށް އަޅައިގެންނެވެ. 

ކޮމެންޓް
މޫސަބޭ
އިމާރާތެއް ހުއްޓަސް ބޭސް ނުލިބޭނެ
18 May 2025
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް