ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ، ނޯއެލް ގްރެގަރ ޕެޓަރސަން-ޖޯންސް
ހަބަރު
18 May 2025 | 12:49
ވަކިވުމާ ހަމައަށް ސީއީއޯ އަށް މުސާރަދިނިން: ޑިވެލޮޕްމަންޓް ބޭންކު

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ، ނޯއެލް ގްރެގަރ ޕެޓަރސަން-ޖޯންސް މަގާމުން ވަކިވުމާއި ހަމައަށް މުސާރަ ދީފައިވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ނޯއެލް އިސްތިޢުފާ، ހުށަހެޅުއްވީ ޑިވެލޮޕްމަންޓް ބޭންކްއިން މުސާރަ ނުދިނުމުން ކަމަށާ، އެ މައްސަަލަ ޓްރައިބިޔުނަލްއަށްވެސް ހުށަހަޅާފައިވާ ކަމަށް ޚަބަރުތައް ފެތުރެމުންދާއިރު، އެކަމާއި ގުޅިގެން ޑިވެލޮޕްމަންޓް ބޭންކް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ނޯއެލް އިސްތިޢުފާ ހުށަހެޅުއްވި ތާރީޚާ ހަމައަށް އޭނާއަށް ޙައްޤު މުސާރަ ފުރިހަމައަށް ދީފައިވާކަމަށެވެ.

އެހެންކަމުން، އޭނާ އިސްތިޢުފާ، ހުށަހަޅުއްވާފައިވަނީ އެ ބޭންކްއިން މުސާރަ ނުދީގެން ކަމަށް ނުދެކޭ ކަމަށްވެސް ބުންޏެވެ.

ޑިވެލޮޕްމަންޓް ބޭންކުން އިތުރަށް ބުނީ، ނޯއެލް 20 މާިޗު 2025 ވަނަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް: ކޯޕަރަޓައިޒޭޝަން ބޯޑަށް ހުށަހެޅުއްވި އިސްތިޢުފާ، އެ ތާރީޚުން ފެށިގެން، ބަލައިގަނެ އެކަން، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށާއި ނޯއެލްއަށް 23 މާރިޗު 2025 ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.

އަދި ނޯއެލް ވަނީ މަގާމުން، އިސްތިޢުފާ، ދެއްވުމުގެ ދުވަސްކޮޅެއް، ކުރިން ދިވެހިރާއްޖެ ދޫކޮށް ވަޑައިގެންފައިކަމަށާއި، އިސްތިޢުފާ ހުށަހެޅުއްވުމަށްފަހު އެ ބޭންކުގެ ވަޒީފާގައި އެއްވެސް ދައުރެއް އޭނާ އަދާކޮށްފައިނުވާކަމަށް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން، ނޯއެލް އިސްތިޢުފާ، ހުށަހެޅުއްވި ނޯޓިސްގެ މުއްދަތުގެ މުސާރައާ ބެހޭގޮތުން އޭނާ، ވަޒީފާއާބެހޭ، ޓްރައިބިއުނަލްއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ބެހޭ މަޢުލޫމާތު އެ ބޭންކަށް ލިބިފައިވާ ކަމަށާ، އެ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ އެންމެހާ މަސައްކަތްތައް ކުރަމުންދަނީ އެ ބޭންކުގެ ޤާނޫނީ ވަކީލުންގެ ޓީމަކުން ކަމުގައި ބުނެފައިވެއެވެ.  

އަދި އެ މައްސަލަ ފައިސަލާކުރުމުގައި އެ ބޭންކްއިން ފުރިހަމަކުރަންޖެހޭ އެންމެހާ، ޤާނޫނީ އިޖުރާޢަތްތަކާ އެއްގޮތްވާ، ގޮތުގެ މަތިން ޢަމަލުކުރަމުންދާނެ ކަމުގައިވެސް ބުނެފައިވެއެވެ.

ހަމައެހެންމެ، ޑިވެލޮޕްަންޓް ބޭންކް އޮފް މޯލްޑިވްސްގެ މެންޑޭޓް އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޕީސީބީގެ ބޯޑުގެ އެއްބާރުލުމާއެކު އެ ބޭންކަށް އައު ޗީފް އެގްޒެކެޓިވް އޮފިސަރ، އަދި މެނޭޖިންގ ޑިރެކްޓަރެއް ޢައްޔަންކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.