ގުޅީފަޅު.-- ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ
ހަބަރު
18 May 2025 | 20:55
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލަށް، ޑިމޮކްރެޓްސްގެ ނުރުހުން

އެއްވެސް ގޮތަކަށް މަޝްވަރާކުރުމެއްނެތި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސް ގެޒެޓްކުރުމުން ދަ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލެ ރަށްވެހިންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދަން ގާއިމުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހިއްކާ ތަރައްގީކުރަން ނިންމާފައިވާ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އާންމު މަޝްވަރާއެއް ހިޔާލެއް ހޯދުމަކާނުލާ، ހިތުހުރި ބަދަލެއް ގެނެސް، ގެޒެޓުކޮށްފައިވާތީ އެކަން ދަ ޑިމޮކްރެޓްސް އިން އެކަން ނިހާޔަތަށް ކުށްވެރިކުރާ ކަމަށެވެ. މިކަމާ ގުޅިގެން ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ ކަންބޮޑުވާ ބައެއް ކަންކަން ފާހަގަކޮށްފައެވެ 

ޑިމޮކްރެޓްސްއިން ބުނީ، މިފަހުން ސަރުކާރުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވަނީ، މިނިސްޓްރީގެ ބޭރު އެއްވެސް އިތުރު ބައެއްގެ ހިޔާލެއް މަޝްވަރާއެއް ހޯދުމެއްނެތި، ހަމައެކަނި ހައުސިންގް މިނިސްޓްރީއާއި މައި ސަރުކާރަށް ފެންނަ ގޮތެއްގެ މައްޗަށް ބުރަވެކަމަަށެވެ.

"ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ގާނޫނީ އޮނިގަނޑު ތަސައްވަރުކުރަނީ ރަސްމީކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި އަތޮޅަކާއި ސިޓީއެއްގެ މުނިސިޕަލް ހިދުމަތްތަކާއި އާބަން ޕްލޭނިންގް ތަރުތީބުކުރާންވާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި މަޝްވަރާގެ މައްޗަށް ކަމަށެވެ. ތިމާގެ ރަށްވެހިކަން ނިސްބަތްވާ ތަނުގެ އިންތިޒާމުތަކާއި ތަރުތީބުތަކުގެ މައްޗަށް ފާޑުކިޔާ، ހިޔާލާއި މަޝްވަރާ ދީ، ތަރައްގީކުރުމުގައި ސީދާ ބަސްބުނެ، ގޮތްކަނޑައަޅާ ނިންމުމުގައި ބައިވެރިވުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ ޑިމޮކްރެޓިކް ހައްގެކެވެ" ޑިމޮކްރެޓްސްގެ ބަޔާނުގައި ބުންޏެވެ.

އެޕާޓީން ބުނީ ޤާނޫނު އަސާސީގައި ކޮންމެ މީހަކަށްމެ ދިރިއުޅޭނޭ ސާފު އަދި ސިއްހަތަށް ރަގަޅު މާހައުލެއް ލިބިދިނުމަކީ އެންމެ އަސާސީ ހައްގެއް ކަމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި މި ޒަމާނުގެ ޑިމޮކްރެޓިކް މުޖުތަމައުތައް ބަލައިގެންފައިވާ ޕްލޭން ކުރުމުގެ އެންމެ އަސާސީ އެއް ރުކުނަކީ ރައްޔިތުންގެ މަޝްވަރާ ހިމެނިގެންވުން ކަމަށްވާއިރު، އަދި މި މަޝްވަރާއަކީ "މޮހޮނަށް އޮޑި ދިނުން" ބާވަތުގެ މަޝްވަރާއަކަށް ވެގެންނުވާނެ ކަމަށް ދެކޭކަމަށް ވަނީ ބުނެފައެވެ.

މި ބަޔާނުގައި އެޕާޓީން ވަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އާންމު ހިޔާލާއި މަޝްވަރާ ހޯދުމަށް ސަރުކާރަށް ގޮވާލާފައެވެ. ހާއްސަކޮށް މާލެ ސިޓީ ކައުންސިލާއި، ގުޅީފަޅު ރަށްވެހިންގެ ޖަމްއިއްޔާފަދަ ސްޓޭކްހޯލްޑަރުންގެ ލަފާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ. 

ގުޅީފަޅުގެ ޕްލޭން ބަދަލުކުރި ކުރުމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވަނީ، ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނައީ ގޯތި ހަވާލުކުރުން އަވަސް ކުރުމުގެ ބޭނުމުގައި ކަމަށެވެ. މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ، ގުޅީފަޅު ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު މީހުން ތަމްސީލުކުރާ ޖަމިއްޔާއާ ހިއްސާކޮށް ބިންތައް ދޭނެ ގޮތަކާމެދު މަޝްވަރާކޮށްފައިވާނޭކަމަށެވެ.

ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިއުލާން ކުރެވުނީ 24 އޮގަސްޓް 2023 ގައެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތުމާއެކު އެ ޕްލޭން ބަދަލުކޮށް 27 އޮކްޓޯބަރު 2024 ގައި އާ ޕްލޭނެއް ވަނީ އިއުލާނު ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.