އައިކޮމް ހިންގާ އިމާރާތް: ފޮޓޯ/ އިންޓަނެޓް
ހަބަރު
19 May 2025 | 14:21
އައިކޮމް އޮފީހުގެ ހާލަތު ދަށްވެ، މަސައްކަތްތައް އޮންލައިންކުރަން ނިންމައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ހިންގާ އިމާރާތުގެ ހާލަތު ދަށްވެ، އެ އޮފީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އައިކޮމް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކޮމިޝަން ހިންގާ އޮފީސް އިމާރާތުގެ ހާލަތު ހުރި ގޮތުން އޮފީހުގައި މަސައްކަތް ކުރެވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.

އެހެންކަމުން، މާދަމާއިން އިން ފެށިގެން އައިކޮމްގެ މަސައްކަތްތައް ކުރާނީ އޮންލައިންކޮށް ކަމަށްވެސް ބުންޏެވެ.

އައިކޮމްގެ އޮފީސް ހިންގަމުންދަނީ ބިއްލޫރިޖެހި ގޭގައެވެ. އެ އޮފީސް އިމާރާތް ހަލާކުވެގެން މަރާމާތު ކުރި ނަމަވެސް، ގިނަ ދުވަސްވަންދެން ރަނގަޅު ހާލަތެއް ނުހުންނާތީ، އެކަމަށް ދާއިމީ ޙައްލެއް ހޯދުމަށް ކަމާ ގުޅުންހުރި އިދާރާތަކުގައި އެދުނު ކަމަށް އައިކޮމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. 

އެހެން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، އަހަރުގެ އަހަރީ ރިޕޯޓުގައި ވެސް އެ ކޮމިޝަން ހިންގާ އިމާރާތުގެ ހާލަތު ދަށް ކަމުން މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދަން ދަތި ކަމަށާ، ތަނުގެ ޖާގައިގެ ދަތިކަންވެސް ހުރުމުން، ބައެއް މުވައްޒަފުންނަށް މީޓިން ރޫމުގައިވެސް މަސައްކަތް ކުރަން ޖެހުނު ކަން ފާހަގަކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.