ދައުލަތުގެ މީޑިއާ، ޕީއެސްއެމް... ފޮޓޯ: ޕީއެސްއެމްނިއުސް
ހަބަރު
19 May 2025 | 15:33
ޕީއެސްއެމުގެ މުހިއްމު ދެ ޑިޕާޓްމަންޓެއް އޮޑިޓްކުރަނީ

ވަރަށްބޮޑަށް ދަރަނިވެރިވެފައިވާ ޕަބްލިކް ސާވިސް މީޑިއާގެ މުހިއްމު ދެ ޑިޕާޓްމަންޓެއް އޮޑިޓްކުރުމުގެ މަސައްކަތް ފެށުމަށް އެކުންފުނިން ތައްޔާރުވެއްޖެއެވެ.

ޕީއެސްއެމުން ތައްޔާރުވަމުންދަނީ އެކުންފުނީގެ މާކެޓީންގ އެންޑް ކޮމާޝަލް ކޮމިއުނިކޭޝަން އަދި ހިއުމަން ރިސޯސް ޑިޕާޓްމަންޓް އޮޑިޓްކުރުމަށެވެ. އެގޮތުން އެކުންފުނިންވަނީ އެ ދެ ޑިޕާޓްމަންޓް އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އާއްމުކޮށް އިއުލާނުކޮށްފައެވެ. ގެޒެޓްގައި ކުރި އިއުލާނެއްގައި ވާގޮތުން ސޭލްސް އެންޑް މާކެޓިން ޑިޕާޓްމަންޓާއި އެޗްއާރު ޑިޕާޓްމަންޓް އޮޑިޓްކުރުމަށް ނިންމާފައިވަނީ، ފާއިތުވެދިޔަ ދެ އަހަރުދުވަހުގެ މުއާމަލާތްތަކެވެ.

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ޕީއެސްއެމަކީ އެންމެބޮޑު ދަރަންޏެއް އޮތް އެއް ކުންފުންޏެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޕީއެސްއެމްގެ ދަރަނި 261 މިލިއަން ރުފިޔާއަށް އަރާކަމަށް އޭރު، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ޒީނާ ޒާހިރު ވަނީ މީގެކުރިން ވިދާޅުވެފައެވެ. 

ދަރަނީގައި ހިންގަމުން އައި ޕީއެސްއެމަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފައިދާ ވެފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ހާމަކޮށްފައެވެ. ޕީސީބީން ނެރެފައިވާ ސަރުކާރު ކުންފުނިތަކުގެ ވިޔަފާރި ހިނގާދިޔަގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުގައި 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޕީއެސްއެމަށް ވަނީ 27 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައެވެ. އެ ކުއާޓަރުގައި ޕީއެސްއެމަށް ފައިދާވިނަމަވެސް އޭގެ ކުރީ 4 ކުއާޓަރުގައިވެސް ޕީއެސްއެމަށް ވަނީ ގެއްލުންވެފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޕީއެސްއެމަށް 5 މިލިއަން ރުފިޔާގެ ގެއްލުން ލިބުނުއިރު، އޭގެކުރީ 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ވަނީ 7 މިލިއަން ރުފިޔާ ގެއްލުންވެފައެވެ.

ޕީއެސްއެމާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް މިދިޔަ އަހަރުގެ ފަހުކޮޅު ނެރުއްވި ރިޕޯޓެއްގައި ވަނީ ޑޮލަރުގަތުމަށް ހިންގި މުއާމަލާތެއްގެ ތެރޭގައި ހިނގާފައިވާ ހިޔާނާތުގެ މައްސަލަތަކެއް ފާހަގަކުރައްވާފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އޮޑިތަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ވަނީ ޕީއެސްއެމަށް ޑޮލަރުގަތުމަށް ނެގި ފައިސާ އާއި، އާމްދަނީގެ ގޮތުގައި ލިބިފައިހުރި ފައިސާގެ ތެރެއިން 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވީއެއްނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ހާމަކޮށްފައެވެ. މިކަމެއް ހިނގާފައިވަނީ ޕީއެސްއެމަށް ބޭނުންވާ ޑޮލަރު ގަތުމުގެ ނަމުގައި 2020 ވަނަ އަހަރުންފެށިގެން 2024 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ނިޔަލަށް ކުރި މުއާމަލާތްތަކުގައެވެ.

ޕީއެސްއެމުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ހިޔާނާތުގެ އެ މައްސަލަތައް ބެލުމަށް ފުލުހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައެވެ.

ކޮމެންޓް
ޢަބްދުއްސައްތާރު.
ތިޔަވަރަށް ދަރަނވެރިވެގެންވެސް ތިޔަގޮތަށް ހިންގަންޖެހޭތޯ ؟ ރޭގަނޑު ބާރަޖަހާއިރު ހުއްޓައިލައިފައި އަނެއްދުވަހު ހައެއް ޖަހާއިރު ފަށާ ގޮތަށް ހަމަޖައްސައި، ނަތީޖާއަށް ވިސްނުން ރަނގަޅު ވާނެއެވެ.
19 May 2025
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.