ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތި: ފޮޓޯ/ ކަސްޓަމްސް

ވައިގެެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

​​ކަސްޓަމްސް އިން މައުލޫމާތު ދޭ ގޮތުގައި، މިތަކެތި އަތުލައިގަނެފައިވަނީ، 2025 އޭޕްރީލް 27 ވަނަ ދުވަހު ކުރިއަރ މެދުވެރިކޮން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށްޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. 

​​މިގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގެތަހުލީލުތަކުން ކޮކެއިންއަށް (Cocaine) އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައުވެއެވެ.

މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1020 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 2.5 މިލިއަން ދިވެހި ރުފިޔާކަމަށް ވެސް ކަސްޓަމްސް އިން ލަފާކުރެއެވެ. 

​​ކަސްޓަމްސް އިން އިތުރަށް ބުނީ، މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައިވާ ކަމަށެވެ. 

ކޮމެންޓް