ކުޅިވަރު ޤާނޫނަށް ގެނައި އިސްލާހް ތަސްދީގުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން...
ހަބަރު
19 May 2025 | 18:00
ކުޅިވަރުގެ ޤާނޫނުން އެތައް ގޮތަކުން ކުރިއެރުން ލިބޭނެ: އެސޯސިއޭޝަންތަކުގެ ވެރީން

ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެނައި އިސްލާހް މިއަދު ރައީސުލްޖުމްހޫރިއްޔާ ތަންފީޒުކުރުމާއެކު ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އެތައް ގޮތަކުން ކުރިއެރުންތައް ލިބިގެންދާނޭކަމަށް ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން ވިދާޅުވެއްޖެއެވެ.

ކުޅިވަރުތައް ކުރިއެރުވުމާއި މާލީ ބާރުވެރިކަން ލިބޭގޮތަށް ކުޅިވަރު ޤާނޫނަށް ގެނައި އެއްވަނަ އިސްލާހް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވަނީ ތަސްދީގު ކުރައްވާފައެވެ. އެ އިސްލާހް ތަސްދީގުކުރުމުގެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން ބައިވެރިވިއެވެ.

ކުޅިވަރު ޤާނޫނަށް ގެނައި އިސްލާހް ތަސްދީގުކުރުމާ ގުޅިގެން މީޑިއާއާ ވާހަކަދައްކަމުން އެސޯސިއޭޝަންތަކުގެ ވެރިންވަނީ މިކަމުގެ ސަބަބުން ކުޅިވަރުގެ ދާއިރާއަށް އަންނާނެ ހެޔޮ ބަދަލުތަކާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވީ އިސްލާހް އެކުލަވާލެވުނީ ކުޅިވަރުގެ އެސޯސިއޭޝަންތަކާ ހުރިހާ ފަރާތްތަކުގެ ބައިވެރިވުމާއެކުގައި ކަމަށާއި، އެކަމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ޤަނޫނެއް އެކުލަވާލެވިގެން ދިއުމުން އަތޮޅު ފެންވަރުގައި ކުޅިވަރުތައް ތަރައްޤީކުރުމަށް އަހަމިއްޔަތުކަން ލިބިގެންދާނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ޤާނޫނާއެކު ކުޅިވަރު އިންފްރާސްތަކްޗާތައް ޤާއިމްވެގެން ދިއުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ" ޗަމްޕީ ވިދާޅުވިއެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، މިއަދު ތަސްދީގުކުރި ބިލުގެ ތެރެއިން ކުޅިވަރު ތަރައްޤީކުރުމަށް މުހިއްމު ކަންކަތައްތަކެއް ހާސިލްވެގެން ދާނޭކަމަށެވެ. ހާއްސަ ގޮތެއްގައި އިންޓަރނޭޝަނަލް ރީޖަނަލް އޮފީސްތަކާއި ފެޑަރޭޝަންތަކުގެ ހެދްކުއާޓަރުތައް ޤާއިމްވުމަށް މަގުފަހިވެގެންދާނޭކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރުތަކަށް ރަނގަޅު އަސަރުތަކެއް ކުރާނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

" މިސާލަކަށް އޭޝިއަން ކޮންފެޑަރޭޝަން އޮފީހެއް މި ހުންނަނީ ތައިލެންޑްގައި، އެކަމުގެ ސަބަބުން ތައިލެންޑްގެ ވޮލީއަށްއައި ކުރިއެރުންތަކެއް ލިބިގެންދިޔަ" ލަތީފް ވިދާޅުވިއެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ފަޒްނާ ޖަލީލް ވިދާޅުވީ، މިއީ ކުޅިވަރު އެސީސިއޭޝަންތަކުގެ ވެރިންގެ ވަރަށް ގިނަދުވަސްވީ އުއްމީދެއްކަމަށާއި، މިއީ ހާއްސަ ގޮތެއްގައި ކުޅިވަރުގެ ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވީ މިކަމުގެ މި ޤާނޫނުގެ ދަށުން ސްކޫލް ކުޅިވަރުތަކަށް އެދެވޭފަދަ ހެޔޮ ބަދަލުތަކެއް އަންނާނޭކަމަށާއި މިގޮތުން މީގެ ކުރިން ޤާނޫނު އޮތްގޮތުން އެކަން ކުރިއެރުވުމަށް ގޮންޖެހުންތަކެއް ހުރިކަމަށެވެ. 

"އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ ޖޫނިއާ ގްރާސްރޫޓް ޑިވެލޮޕްމަންޓް. މިކަން ކުރެވެން އަންނަނީ ސްކޫލް ތެރެއަށް ވަދެގެން. މީގެ ކުރިން އެހާ ފަސޭހަކަމެއް ނޫންއެއީ. ސަބަބަކީ ވަރަށްގިނަ ކުޅިވަރުތަކެއްގައި ކުދިން ވާދަކުރޭ.މި ޤާނޫނާއެކު ސްކޫލްތަކުގައި ހަރަކާތްތައް ކުރިއަށްގެންދަން ފަސޭހަވެގެންދާނެ" ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނީ ޤާނޫނަށް ގެނައި އިސްލާހާއެކު އެތްލީޓުންނަށް ލިބޭ ފުރުސަތުތައް އިތުރުވެ، މުޅި ރާއްޖެ ހިމެނޭހެން ރަނގަޅު އެތްލީޓުން ހޯދުމަށް މަގުފަހިވެގެންދާނޭކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ފެސިލިޓީތައް ޤާއިމްކުރުމުގެ ފުރުސަތު ލިބި، ރާއްޖެއިން ބޭރުންވެސް އެތްލީޓުން ތަމްރީނުކުރެވިގެންދާނޭކަން އޭނާ ފާހަގަކުރިއެވެ.

ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާޙާއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޅިވަރު ހަރަކާތްތައް ހިންގި، މުޅި ރާއްޖެ ޝާމިލުވުން އިތުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ތަސްދީގުކުރި އިސްލާހުގެ ސަބަބުން  ރާއްޖޭގެ ކުޅިވަރު ލާމަރުކަޒީވެގެންދާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ