ކަސްޓަމްސް ހެޑް ކުއާޓަރު... ފޮޓޯ: ވޮއިސް
ހަބަރު
19 May 2025 | 19:20
ކަސްޓަމްސްގެ ވަޒީފާއަށް މީހުން ހޯދަނީ. ކޮއްތު ފައިސާވެސް ލިބޭނެ

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ވަޒީފާއަށް ގިނަ އަދަދެއްގެ މީހުން ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ.

ކަސްޓަމްސްއިްނ މީހުން ހޯދަނީ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ އޮފިސަރުގެ މަޤާމަށެވެ. މާލޭ އޭރިއާގައި ކަސްޓަމްސްއިން ގާއިމްކޮށްފައިވާ އޮފީސްތަކަށް 164 މީހުން ބޭނުންވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވާ އިއުލާނުގައިވާގޮތުން މި މަގާމަށް ކަނޑައެޅިފައިވާ މަސައްކަތުގެ މުސާރައަކީ 5،000 ރުފިޔާއެވެ. މުސާރައިގެ އިތުރުން ނޮން-ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35 އަށްވާ 1,750 ރުފިޔާ ކަނޑައެޅިފައިވާއިރު،  ސަރވިސް އެލަވަންސް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ އާއި ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައްވެސް ލިބޭނޭކަމަށް ކަސްޓަމްސްއިްނ ބުނެއެވެ. މީގެ އިތުރުން ކޮއްތު ފައިސާގެ ގޮތުގައި ދުވާލެއްގެ މައްޗަށް 60 ރުފިޔާ ދިނުމަށްވެސް ވަނީ ކަނޑައެޅިފައެވެ.

ވަޒީފާގެ ޝަރުތުތަކަށް ބަލާއިރު ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި 2 (ދޭއް) މާއްދާއިން ދަށްވެގެން [ޑީ] ފާސް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މާއްދާއިން ދަށްވެގެން [ސީ] ފާސް ލިބިފައިބުން ލާޒިމެވެ. އަދި ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވުން ހިމެނެއެވެ.

ކަސްޓަމްސްއިން ބުނީ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން މެއިމަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާގެ ސަރވިސްގެ ވެބްސައިޓްގައިވާ "ރެކްރޫޓްމެންޓް ޕޯޓަލް" މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.