ކުރީގެ ރައީސް މުހައްމަދު ނަޝީދު
ހަބަރު
20 May 2025 | 19:23
ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަކީ ގޯހެެއް، ތިނަދޫއާ ފައިނުގައި އެއާޕޯޓެއް އެޅުން ވެސް ރަނގަޅެއް ނޫން: ނަޝީދު

ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސް ގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. ނަޝީދު މިފަދަ ޕޯސްޓެއް ކުރެއްވީ މުލަކައަތޮޅުގެ ފުރަތަމަ އެއާޕޯޓް މިއަދު މުލީގައި ހުޅުވާފައި ވަނިކޮށެވެ.

ނަޝީދު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލާ ރައްޔިތުން ރަށު ބަންދުން ފިލުވާލުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ.

"އެހެނަސް ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް," 

އެމަނިކުފާނު އަދި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ދެރަކޮށް ކުރެވިފައި އޮތް ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން އެއާޕޯޓް އެޅުމަށް ނިންމާފައިވާ ގދ. ތިނަދޫ އާއި ރ. ފައިނުގައި އެއާޕޯޓެއް އެޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ގިނަ ރަށްރަށުން އެއާޕޯޓް ބޭނުންވޭ

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކެންޑިޑޭޓުން ރަށްރަށަށް ވަޑައިގަތުމުން އާބާދީ ބޮޑެތި ރަށްތަކުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ އެ ރަށްރަށުގައި އެއާޕޯޓެއް އެޅުމެވެ.

ގިނަ ރަށްރަށުގައި އެއާޕޯޓް އެޅުމަށް ސިޔާސީ ލީޑަރުން ވައުދުވެވަޑައިގަންނަވަ އެވެ. ބައެއް ސަރުކާރުތަކުން އަމާޒު ހިފަނީ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް އެއާޕޯޓް އޮތުމަށެވެ. ވައިގެ މަގުން އެއް ރަށުން އަނެއް ރަށަށް 30 މިނެޓްގެ ތެރޭަގައި ދަތުރުކުރެވޭ ނިޒާމެއް ގެންނަން ގިނަ ރަށްތަކެއްގައި އެއާޕޯޓް އެޅުމަށް ވައުދުވެވަޑައިގަންނަވަ އެވެ.

ދައުލަތުން ބޮޑު ހަރަދެއް

ގިނަ ރަށްތަކެއް މިހާރު ވެސް އެއާޕޯޓް އަޅާފައިވާއިރު އެއާޕޯޓްތައް ހިންގަން ދައުލަތުން ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ. ބައެއް އެއާޕޯޓްތަކަށް ހަފްތާއަކު ކުރަނީ އެންމެ ދަތުރެކެވެ. ބައެއް އެއާޕޯޓްތަކަށް ހަފްތާއަކު ދެތީން ދަތުރު ކުރެ އެވެ.

އެހެން ކަމުން ބައެއް އެއާޕޯޓްތަކުގައި ހަފްތާގެ ތިން ހަތަރު ދުވަހު ކުރާނެ އެއްވެސް ކަމެއް ނޯވެ އެވެ.

ރާއްޖޭގައި ހިންގާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން މަދު އެއާޕޯޓެއް ނޫނީ ހިންގަނީ ގެއްލުމުގަ އެވެ.

ކޮމެންޓް
ޢަލީ
އެއަރޕޯޓް އަޅައިގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުވުމަކީ ސިޔާސީ މީހުންގެ ކަންބޮޑުވުމަކަށް ވާނެ. ރައްޔިތުން ތިބެންޖެހޭނީ ނިކަމެތިކޮށް ސަލާންޖަހާ ބައެއް ގޮތުގައި
20 May 2025
އަހުމަދު
ފ. މަގޫދޫގައި އެއަރޕޯޓެއް ހަދަންޖެހެނީ ކީތްވެ. އެއީ ސިއްކަ އަރުވާލީމާ އެރަށު މީހުންނަށް ކޮށްދޭ ހެޔޮކަމެއް ގޮތުގައި އެކަންކުރާތީ. މިކަމާ " ހިތްތިރި" ރައީސް ވިދާޅުވަނީ ކީކޭތޯ
20 May 2025
ޢަލީ
ފާފު އަތޮޅު ނިލަންދޫ އަދި މަގޫދޫ ، މިދެރަށުގައި އެކުއެކީ އެއާޕޯޓް އެޅުން ވެސް ގޯސް . މިހާ ކައިރި ކައިރިން އެއާޕޯޓް އެޅުމަކީ ބޭކާރު ކަމެއް .
20 May 2025
Raider
ޢެހެންމީހަކު ބުނި އެއްޗެއްނަމަ މީނަ ވަރައް ފުމޭނެ. ޢަހަރުމެން ތިޔަވާހަކަ ދެއްކީމަ ހަޖޫ ޖެހި މީހާ.. އާރުޓީއެލް ހިދުމައް އުފެއްދީ ވެސް ދިރާސާ ކުރުމަކާ ނުލާ . ޙަމަ އެއަރ ޕޯރޓްތައް އެޅުންފަދަ ބޭކާރުކޮއް...
21 May 2025
ޢަލީ
މިރާއްޖޭގެ ހުރިހައިކަމެއް ހަލާކުކޮށްލާ ދައުލަތުގެ ބަޖެޓުން މަހަކު 5 ލައްކަ ރުފިޔާ ޢުމުރަށް ލިބޭގޮތަށް ހަދައިގެން މިހާރު ކޮންވާހަކައެއް ވެރިކަމަށް ގެންނަން މަސައްކަތްކުރި މީހަކަށް އެއިން ލޯލާރިއެއްވެސް ދެނީއެއްނޫން
21 May 2025
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.