ދުންފަތް މަނާކުރާ ބިލު ތަސްދީޤުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
21 May 2025 | 12:42
ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށް ރައީސް މުޢިއްޒުގެ އިލްތިމާސެއް: ތިޔަ ވިޔަފާރި ދޫކޮށްލައްވާ!

ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށް އެހެން ވިޔަފާރިއެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. 

ދިވެހިރާއްޖޭގެ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިޞްލާޙް ތަސްދީޤުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ގައުމުގެ މުސްތަޤުބަލު ދުންފަތުން ދުރުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. 

އަދި ދިވެހިންގެ ތެރޭގައި މިހާރު އެންމެ އާއްމު، ގައިންގަޔަށް ނާރާ ބައްޔަކީ ކެންސަރު ކަމަށްވާއިރު އެ ބަލިޖެހުމަށް މެދުވެރިވާ އެއް ސަބަބަކީވެސް ދުންފަތުގެ އިސްތިއުމާލު ކުރުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ދުންފަތުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތައް ހުއްޓުވުމަށް އެދެވޭ މަސައްކަތެއް ސަރުކާރުތަކުން ކުރާތަން ނުފެންނަ ކަމަށެވެ. 

އެހެންނަމަވެސް، އެމަނިކުފާނަށް މުހިންމުވަނީ ހަގީގީ ހައްލު ގެނެސްދިނުން ކަމަށާ، ދުންފަތް މަނާ ކުރުމުން އެކަމާ ބައެެއް ފަރާތްތަކުން ހިތްހަމަނުޖެހުނު ނަމަވެސް އެމަނިކުފާނު އެކަމާ ފަރުވާލެއް ނުބަހައްޓަވާނެ ކަމަށް ވިދާޅުވިއެވެ. 

އަޅުގަނޑާ ދޭތެރޭ މިކަމާމެދު ހިތްހަމަނުޖެހޭ ފަރާތްތައްވެސް އެބަތިބި. ޚައްސަކޮށް ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތައް ވަރަށް ހިތްހަމަނުޖެހިފަ ތިބީ. އަޅުގަނޑަށް ފަރުވާލެއް ނެތް އެކަމުގައި. އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާނީ ހަމަ މިއީ ތިބޭފުޅުންނަށްވެސް ރަނގަޅު ގޮތޭ. ތި ވިޔަފާރިން ދުރަށް ވަޑައިގަންނަވާށޭ. އެހެން ވިޔަފާރިއަކަށް ބަދަލުވެލައްވާށޭ. ދުންފަތުގެ ވިޔަފާރިއަކީ މި ޤައުމުގައި އަޅުގަނޑު ތަރުޙީބު ދޭނެ ވިޔަފާރިއެއް ނޫނޭ. މިކަމުން ދުރުވީމާ، މި އާބާދީ މިކަމުން ދުރުކުރީމަ އެއީ އަޅުގަނޑުމެންގެ ގައުމަށް އަދި މުސްތަޤުބަލަށް ކޮށްދެވޭ ވަރަށްބޮޑު ކަމެއް

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ދުންފަތް މަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް މުޅި މުޖުތަމަޢުގެ އެހީތެރިކަން ލިބިއްޖެ ނަމަ، މުޖުތަމަޢު އެ ވަބާއިން ސަލާމަތް ކިރެވިގެންދާނެ ކަމަށެވެ. 

އަދި އެ ގާނޫނާއެކު، އުފަންވާ ކުދިންނަށްވެސް ދުންފަތް މަނާވެ، ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ޤާއިމް ކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަން ކުރުމަށް އެންމެންގެ އެއްބާރުލުން ދެއްވުމަށްވެސް އެމަނިކުފާނުވަނީ އެދިވަޑައިގެންފައެވެ.

ދުންފަތް މަނާކުރާ ބިލު ތަސްދީޤުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިޞްލާޙާއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

1. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެއެވެ. ނަތީޖާއަކަށްވާނީ މި ޖީލު ހެދި ބޮޑުވެ ހަރު މީހުންނަށް ވާއިރު، މުޅި މުޖުތަމަޢަކީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ، އަދި ދުންފަތާ ދުރު މުޖުތަމަޢަކަށްވުމެވެ.

2. ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ވާނެއެވެ.

3. ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން، ޕްރޮމޯޓްކުރުން ފަދަ އެއްވެސް ކަމެއް ކުރުން މުޅީން މަނާ ވާނެއެވެ.

4. މި ޤާނޫނާ ޚިލާފަށް، ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެއެވެ.

މީގެ އިތުރުންވެސް ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތް ކުރުމަށާއި، މަސްތުވާތަކެއްޗާ އެނޫން ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް މުހިންމު ކަންކަން މި އިޞްލާޙުގެ ތެރެއިން ކަނޑައަޅުއްވާފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.