ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ ޕޯސްޓަރެއް: ފޮަޓޯ/ ސަން
ހަބަރު
21 May 2025 | 15:16
އޭޕްރީލް މަހު ޢާއިލާއާ ބެހޭ ވުޒާރާގެ ހެލްޕްލައިނަށް ހުށަހެޅި މައްސަލަތައް 2000 އިން މަތީގައި!

މި އަހަރުގެ އޭޕްރީލް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިނަށް ޖުމްލަ 2150 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

މީގެ ތެރޭގައި ހިމެނެނީ ޗައިލްޑް ހެލްޕްލައިން 1412 އަށް ހުށަހެޅުނު 1778 މައްސަލައާއި، ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ހުށަހެޅުނު 280 މައްސަލައެވެ.

އިޖުތިމާޢީ ތަރައްޤީއާބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 98 މައްސަލަ ވަނީ ހުށަހެޅިފައެވެ. މީގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލައެވެ. އެފަދަ 32 މައްސަލަ ވަނީ ހުށަހެޅިފައެވެ. ދެން ހުށަހެޅިފައިވަނީ ޖިންސީ ހާނިކައިގެ 21 މައްސަލައާއި ޖިސްމާނީ ހާނިކައިގެ 18 މައްސަލައެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި 32 މައްސަލަ ހުށަހެޅިފައިވާއިރު، މީގެ ތެރެއިން އެންމެ ގިނައީ ކުދިން ބެލުމުގައި ޖެހޭ 13 މައްސަލައެވެ. ކުދިންގެ އަޚްލާޤީ މައްސަލަތަކުގެ ގޮތުގައި 21 މައްސަލަ ހުށަހެޅިފައިވެއެވެ.

މީގެ އިތުރުން، އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 35 މައްސަލައާއި، އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ 44 މައްސަލަ ވެސް ހުށަހެޅިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. 

މިދިޔަ އޭޕްރީލް މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންގެ އަޚްލާގީ މައްސަލަތަކާ ގުޅޭ 21 މައްސަލައެއް ހުށަހެޅިފައިވާއިރު، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެއިން ނިކުމެގެން ދިއުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 7 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ.

ހަމައެހެންމެ، ސްކޫލަށްދާން ބޭނުން ނުވުމުގެ 05 މައްސަލައެއް ވެސް އެޕްރީލް މަހު ހުށަހަޅާފައިވެއެވެ. އަދި މިނޫންވެސް އެހެން ބާވަތުގެ 09 މައްސަލަ ރިޕޯޓްކުރެވިފައިވެއެވެ.

ކުދިންގެ އަޚްލާގީ މައްސަލަތަކާއި ގުޅިގެން އެޕްރީލް މަހު އެ ވުޒާރާއަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ފިރިހެން ކުދިންގެ މައްސަލައެވެ. އެގޮތުން ހިމެނެނީ، ފިރިހެންކުދިންގެ 16 މައްސަލައަކާއި އަންހެން ކުދިންގެ 6 މައްސަލައެކެވެ.

އޭޕްރީލް މަހު ދައުލަތުގެ ބެލުމުގެ ދަށަށް 4 ކުދިން ނެގިފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 146 ކުދިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.