ރ.އަތޮޅުގެ ރަށެއްކަމަށްވާ އިނގުރައިދޫ
ހަބަރު
22 May 2025 | 14:04
ރ.އަތޮޅުގެ އާބާދީ 25 ހާހުން މައްޗަށް އަރައިފި

މާޅޮސްމަޑުލު އުތުރުބުރީ، ނުވަތަ ރ.އަތޮޅުގެ އާބާދީ 25 ހާހުން މައްޗަށް އަރައިފިއެވެ.

ރ.އަތޮޅު ކައުންސިލުން ނެރެފައިވާ އެއަތޮޅު ރަށްރަށުގެ އާބާދީ ތަފާސްހިސާބަށް ބަލާއިރު، މިހިނގާ މެއިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރ.އަތޮޅުގެ ޖުމްލަ އާބާދީއަކީ 25،384 އެވެ. އޭގެ ތެރޭގައި ހިމެނެނީ، 13،030 ފިރިހެނުންނާއި، 12،354 އަންހެނުންނެވެ. 

ރ.އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮންނައިރު، އެއަތޮޅުގައި އެންމެ އާބާދީބޮޑު ރަށަކީ ދުވާފަރެވެ. އެރަށުގެ އާބާދީއަކީ، 5،044 މީހުންނެވެ. އެންމެ އާބާދީ މަދީ ފައިނުގައެވެ. އެރަށުގެ އާބާދީއަކީ، 526 އެވެ.

ރ.އަތޮޅުގެ އާބާދީ:

- އަލިފުށި: 3،050

- ވާދޫ: 661   

- ރަސްގެތީމު: 954

- އަނގޮޅިތީމް 549

- ހުޅުދުއްފާރު: 1،649

- އުނގޫފާރު: 1،889

- ދުވާފަރު: 5،044

- މާކުރަތު: 1،407

- ރަސްމާދޫ: 906

- އިންނަމާދޫ: 955

- އިނގުރައިދޫ: 2،161

- ފައިނު: 526

- ކިނޮޅަސް: 689

- މަޑުއްވަރީ: 2،650

- މީދޫ: 2،294

ރ.އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވިދާޅުވީ، އެ މައުލޫމާތު އެކުލަވާލާފައިވަނީ ރަށްތަކުގެ ކައުންސިލުން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށްކަމަށެވެ.  ރ.އަތޮޅުގެ އާބާދީ 25 ހާހުން މަތީގައި އުޅޭއިރު، އެއަތޮޅުގެ ގިނަ ބަޔަކު އެކި ބޭނުންތަކުގައި މާލެ ސަރަހައްދަށް ހިޖުރަކޮށް އުޅެމުންދެއެވެ. ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ރ އަތޮޅު މަޝްހޫރުވެފައި އޮންނަނީ، އެންމެ ގިނައިން ވަޑާންކުރާމީހުން އުޅޭ އަތޮޅުގެ ގޮތުގައެވެ. 

ރ.އަތޮޅަކީ އުތުރުގެ އަތޮޅުތަކުގެ ތެރެއިން އެންމެބޮޑު އާބާދީއެއް އޮންނަ އެއް އަތޮޅެވެ. އުތުރުގެ އަތޮޅުތަކުގެ ތެރެއިން އެންމެބޮޑު އާބާދީއެއް އޮންނަނީ ހދ.އަތޮޅުގައެވެ. ހދ.އަތޮޅު ކައުންސިލުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެ އަތޮޅުގެ ޖުމްލަ އާބާދީއަކީ، 29،289 އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.