ސުޕްރީމް ކޯޓަށް ކުރިމަތިލެއްވި ބައެއް ބޭފުޅުން --
ހަބަރު
22 May 2025 | 14:43
ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ބޮޑު ވާދައެއް، 12 ބޭފުޅަކު ކުރިމަތި ލައްވައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުުރުސަތުގައި 12 ބޭފުޅަކަށް އެކަމަށް ކުރިމަތިލާފައިވާ ކަމަށް  ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން ހޯދަނީ އެ ކޯޓްގެ ދެ ފަނޑިޔާރަކު މިދިޔަ ބުދަ ދުވަހު މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރީ ޖޭއެސްސީން އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ނިންމާ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުން އެ މަޖިލީހުގައި ނެގުނު ވޯޓުންނެވެ.

ޖޭއެސްސީން އެ ފުރުސަތު ހުޅުވާލާފައި އޮތީ މިއަދު މެންދުރު 12 ޖެހުމާއި ހަމައަށެވެ. މުއްދަތު ހަމަވިއިރު 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އޭގެ ތެރޭގައި ހައިކޯޓްގެ ފަނޑިޔާރުންނާއި ފަނޑިޔާރު ކަމުން ވަކިވެވަޑައިގެންފައިވާ ބޭފުޅުން ހިމެނެ އެވެ. 

އެ ގޮތުން ހައިކޯޓްގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ކުރީގެ މަޖިލީސް މެންބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި ކުރީގެ ފަނޑިޔާރުން ކަމަށްވާ އަބްދުالله ހަމީދު އާއި އަބްދުލް ގަނީ މުހައްމަދާއި ސުޖާއު އުސްމާން އާއި އަހުމަދު ހައިލަމް އާއި މުހައްމަދު ރާގިބު އަހުމަދު ހިމެނެ އެވެ.

އަދި ކުރީން ވެސް ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަަމަށް ކުުރިމަތިލެއްވި މަރްޔަމް ނިހާޔަތު އާއި އައިޝަތު ފަޒްނާ އަހުމަދު އާއި މުހައްމަދު ސަލީމް އާއި އިބްރާހިމް އަލީ ހިމެނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ