އިމިގްރޭޝަނުގެ ވަޒީފާ ހޯދުމަށް ދަމާލި ކިއޫ... ފޮޓޯ: އިމިގްރޭޝަން
ހަބަރު
24 May 2025 | 15:16
އިމިގްރޭޝަނުގެ ވަޒީފާތަކަށް ދިގު ކިއޫއެއް ދަމާލައިފި

މޯލްޑިވްސް އިމިގްރޭޝަނުގެ ވަޒީފާއަށް 50 މީހަކު ނެގުމަށް ކުރިއަށްގެންދާ ވަރކް އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އިމިގްރޭޝަނުން އޮފިސަރުން ހޯދުމަށް މި ވަރކިން އިންޓަވިއު ކުރިއަށް ދަނީ ގަލޮޅު ސްކޫލްގައެވެ. އިންޓަވިއުއަށް ގަޑި ފެށުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ މުޅި އެ ސަރަހައްދުގައި ދިގު ކިއޫއެއް ހަދާލާފައެވެ. ކިއޫގައި ގިނަ އަދަދެއްގެ ޒުވާނުން މަޑުކޮށްގެން ތިބިއިރު އިންޓަވިއު ކުރިއަށްދާނީ 17:00 ޖެހުމާ ހަމައަށެވެ. އިންތަވިއު ހަރަކާތް ފަށާފައިވަނީ ހެނދުނު 9 ޖެހިއިރުއެވެ.

މިކަމާ ގުޅޭގޮތުން ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ވިދާޅުވެފައިވަނީ، މިކަމުން އެނގިގެންދަނީ އެ މުއައްސަސާގެ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ ކަމެވެ.

އިމިގްރޭޝަނުން ގިނަ އަދަދެއްގެ އޮފިސަރުން ނަގަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި އެ މުއައްސަސާއިން ކުރަންޖެހޭ ކަންކަން ކުރުމަށެވެ. އިމިގްރޭޝަނުން ބޭނުންވާ އަދަދަށް މުއައްޒަފުން ނެގުމަށްފަހު އެންމެ ފުރަތަމަ ކަމަކަށް އޮންނާނީ، އެމީހުން ތަމްރީނުކުރުމަށް ވަނީ ނިންމާފައެވެ. 

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވެސް ވަނީ ގިނަ އަދަދެއްގެ މުއައްޒަފުން ނެގުމަށް ހުޅުވާލާފައެވެ.

ކޮމެންޓް
ޙަސަންތަކުރު
މުބާރާތެއްކަމަށްދެކި މާ ގައްޑާ ވާހަކައެއްކަމަށްހަދައި މުޅި ދުނިޔެއަށް ފަރުރާލިޔަސް ތިއަކީ މާ މޮޅު ވާހަކައެއްނޫން. ތަޢުލީމީ ޙަޔާތްނިމި ވަޒީފާބެއުނުންވެފައިމިގައުމުގައިތިބި ޒުވާންކުދިންނަށް ތިކުރަނީމަލާމާތް.
24 May 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.