ރައީސް ޑރ.މުއިއްޒު މައުރަޒު ބައްލަވާލައްވަނީ... ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 May 2025 | 09:15
އުފެއްދުންތެރިކަމުގެ މައުރަޒު ވަރަށް ކާމިޔާބު: ރައީސް ޑރ.މުއިއްޒު

ހުޅުމާލެ ސެންޓްރަލް ޕާކްގައި މިހާރު ކުރިއަށްދާ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒު ވަރަށް ކާމިޔާބުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިގޮތަށް ވިދާޅުވެފައިވަނީ، އުފެއްދުންތެރިކަމުގެ މައުރަޒުގެ ސްޓޯލްތައް ބައްލަވާލެއްވުމަށް ރޭ އެތަނަށް ކުރެއްވި ޒިޔާރަތަށްފަހު ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުންނެވެ. އުފެއްދުންތެރިކަމުގެ މައުރަޒު ރަސްމީކޮށް އިއްޔެރޭ ހުޅުވައިދެއްވީވެސް ރައީސް އެވެ. 

ސްޓޯލްތައް ބައްލަވާލައްވައި ރައީސް މުއިއްޒު ވިދާޅުވީ، މައުރަޒު ބޭއްވުމުގެ މަޤްސަދަކަށްވީ، ދިވެހިންގެ އުފެއްދުންތެރިކަމަށް ފުރުސަތުދޭން ކަމަށާއި، އެ ދިން ފުރުސަތުގެ ބޭނުން މަސައްކަތްތެރިން ވަރަށް ރަނގަޅަށް ބޭނުންކުރި ކަމަށެވެ. ވަރަށް ގިނަ ދުވަސްތަކަށްފަހު މައުރަޒް ބޭއްވިގެންދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށާއި، މިކަން އަލުން ފެށުނުއިރު ރައްޔިތުން މި މައުރަޒު ވަރަށް ރަނގަޅަށް ބަލައިގަތްފައިވާކަމަށެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން...

ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމީއަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވަރަށް މުހިއްމު ވައުދެއްކަމަށައި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ މި އިންޑަސްޓްރީގެ ހިއްސާދާރުންގެ މަސައްކަތްކަމުގައި މި ސަރުކާރުން ހަދާނޭކަމަށެވެ. އެގޮތުން 2030 ވަނަ އަހަރު އަންނަން ވާއިރަށް އެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރާނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުގެ ޒިއްމާއަކީ މިކަންކުރުމަށް ފުރުސަތުދިނުން. މި ޓެލެންޓްތަކަށް ފުރުސަތު ދޭން އެބަޖެހޭ އެއީ އަޅުގަނޑުގެ މެނިފެސްޓޯގައިވެސް ހިމެނިފައިވާކަމެއް

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ރައީސް ވިދާޅުވީ ފުރިހަމަ ޕޭމަންޓް ގޭޓްވޭއެއްގެ ނިޒާމް ގާއިމްކޮށްދިނުމާއި ޑިޖިޓަލް ޕްލެޓް ފޯމެއްގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރާނޭކަމަށެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާ އިދާރާތަކުން ޑިޖިޓަލް ދާއިރާގެ ހަރަކާތްތެރިންނަށް ފުރުސަތުތައް ފަހިކޮށްދޭނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން...

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. މިގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި މައުރަޒުގައި ހދ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައިވެއެވެ. މައުރަޒު މިމަހުގެ 31 ވަނަ ދުވަހުގެ ރޭގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.