ޖަމިއްޔަތުއްސަލަފުގެ ކުރީގެ ނާއިބު ރައީސް އަދި އިލްމުވެރީންގެ މަޖިލީހުގެ މެންބަރު އައްޝައިހް ހަސަން މޫސާ ފިކުރީ
ހަބަރު
25 May 2025 | 17:35
އީދާ ދިމާކޮށް ދައުލަތުން ހިންގާ މުންކަރާތްތައް ހުއްޓާލުމަށް ޝެއިހް ހަސަން ގޮވާލައްވައިފި

ސަގާފަތާއި ގައުމިއްޔަތު ނަމުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ހިންގާ މުންކަރާތްތަކާއި މެދު ކަންބޮޑުވެ ހިތާމަ ކުރައްވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެ އެވެ.

ޝެއިޚް ހަސަން މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޝެއިހް ހަސަން އަކީ ޖަމިއްޔަތުއް ސަަލަފުގެ ފުރަތަމަ ނާއިބު ރައީސް ވެސް މެ އެވެ. ވަރަށް ދިގު މުއްދަތަކަށް އެ މަގާމު އަދާކުރެއްވި އެވެ. ޝެއިހަކީ މިހާރުވެސް އެ ޖަމިއްޔާގެ އިލްމުވެރީންގެ މަޖިލީހުގެ މެންބަރެކެވެ.

ޝެއިހް ފިކުރީ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސަގާފަތާއި ގައުމިއްޔަތު ނަމުގައި ދައުލަތުގެ ވުޒާރާތަކާއި ކައުންސިލުތަކުން އީދު ކުޅިވަރުގެ ނަމުގައި ދެޖިންސު މަސްހުނިކޮށް އަންހެންވެރިން ނެރެގެން ނައްޓުވައިގެން ހިންގާ މުންކަރާތްތައް ދިރުވާ އާލާ ކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

އަދި މި މުންކަރާތްތައް ހުއްޓާލުމަށް ޝެއިޚް ވަނީ ދައުލަތަށް ގޮވާލައްވާފަ އެވެ.

ޝެއިހް ވަނީ ކުރިއަށް އޮތް ހައްޖުމަހުގެ ދުވަސްތަކުގައި އީދު ކުޅިވަރުގެ ނަމުގައި ހިންގާ ފާހިޝް މުންކަރާތްތަކުގައި ބައިވެރިނުވުމަށް ވެސް ދިވެހި ރައްޔިތުންނަށް ނަސޭހަތެރިވެފަ އެވެ.

ޝެެއިޚް ޒަމްޒަމްގެ ކަންބޮޑުވުން

އީދާއި ދިމާކޮށް ހިންގާ ހަރަކާތްތަކާއި މެދު މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް ޒަމްޒަމް ފާރިޝް ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ޝެއިހް ވިދާޅުވީ މާތް ރަސްކަލާނގެ މާތް ކުރެއްވި އަޟްޙާ ޢީދު ފާހަގަކުރަން ކުރެވޭ މަސަކަތްތައް ކަމަށް ބުނެ، ދިވެހީންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކޮށް ތައުބާވެފައި ތިބި ދޮށީ އުމުރު ފުރައިގެ އަންހެނުންނަށް ދާންދެން ބައިވެރިކޮށްގެން، ނާޗަރަންގީ އާއި، ލަނގިރި ފަދަ، ވަޅުޖެފައިވާ ފާޙިޝް ހުތުރުކަން ބޮޑެތި މުންކަރާތްތައް ދިރުވައި އާލާކުރަން ދެ ޖިންސު މައްސުނިކޮށްގެން ޝޯތައް ބޭއްވުމަކީ، ޙައްޖު މަހުގެ 10 ދުވަހާއި، އަރަފާތް ދުވަހުގެ ހުރުމަތް ކެނޑުމަށް ކުރެވޭ ކަންކަމެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް ޒަމްޒަމް ފާރިޝް

އަދި ވިދާޅުވީ އެއީ އިސްލާމީ ދައުލަތަކުން ނުވަތަ ސަރުކާރެއްގެ ފަރާތުން ޕްރޮމޯޓު ކޮށްގެންވާނެ ކަންކަމެއް ނޫން ކަމަށެވެ.

"އޭގެ ސަބަބުން ބާރުވެރިވެގެން ދާނީ ލާދީނީ ކަންކަމެވެ. އަދި ވަޅުޖެހި ނިކަމެތިވެގެން ދާނީ ދީނީ ކަންކަމެވެ," ޝެއިހް ވިދާޅުވި އެވެ.

ސަރުކާރުން ދަނީ ކޮންމެ އަހަރަކު ވެސް ތިން ރަށެއްގައި ކުލަ ގަދަކޮށް އީދު ފާހަގަ ކުރަމުންނެވެ. މި އަހަރު އީދު ފާހަގަ ކުރަނީ އުތުރުން ހއ. ކެލާގަ އެވެ. މެދު އަތޮޅުތަކުން ލ. ގަމުގަ އެެވެ. ދެން ކ. ގުރައިދޫގަ އެވެ.

އެ ރަށްރަށުގައި އެކި އުމުރުތަކުގެ އަންހެނުން ހިމެނޭހެން އެކި ކުޅިވަރުތައް ކުޅުމަށް ފަރިތަކުރަން ވަނީ ފަށާފަ އެވެ.

ކޮމެންޓް
Hassan Waheed
މޮޔަފުޅުވެގެން އުޅުއްވާތީ ހިތާމަކުރަން . އީދު ފާހަގަކުރަނީ އިސްލާމީ ރިވެތި އުސޫލާ އެއްގޮތަށް. ހެދިފައިވާ އުސޫލުތައް ވިދާޅުވެލައްވާ.
25 May 2025
ވ
ތެދެއް ކީކުރާ ކުޅިވަރުތަކެއްތަ ކުޅިވަރަށްދާހަރަދު ތަކެތި ގަނެ ބެހީމަވީނު ކުޅިވަރުތަކަކީ މަވެސްވަރަށްފޫހިކަމެއް ނަސީބަކުން އަހަރެމެންގޭކުދިން ސަވޮގު ހުންނަކަމެއްނޫން އެއީކީ
25 May 2025
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.