މަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު
ހަބަރު
25 May 2025 | 20:25
މި އަހަރުގެ އަރަފާތު ދުވަހު ޚުތުބާ ދެއްވާނީ ޙަރާމްގެ އިމާމު ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު ކަމަށް ކަނޑައަޅުއްވައިފި

މި އަހަރު މަސްޖިދުއްނަމިރާގައި ޢަރަފާތު ދުވަހުގެ ޚުޠުބާ ދެއްވާނީ، އަލްމަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު ކަމުގައި ސަޢުދީ ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒް ކަނޑައަޅުއްވައިފި އެވެ.

ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒްގެ މި ނިންމެވުމުން މިއަދު ވަނީ ހާމަ ކުރައްވާފަ އެވެ. ކޮންމެ އަހަރަކު ވެސް މަސްޖިދުއްނަމިރާގައި ޢަރަފާތު ދުވަހުގެ ޚުޠުބާ ދެއްވާނެ ޚަތީބަކު ކަނޑައަޅުއްވަނީ ސީދާ ރަސްގެފާނެވެ.

އަލްމަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު އަކީ ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާ އަދި ޚުތުބާ ދެއްވަވާ ބޭފުޅެކެވެ. ވަރަށް ހަގު އުމުުރުގައި ކީރިތި ޤުރުއާން ހިތުން ދަސްކުރައްވާ ހާފިޒަކަށް ވެވަޑައިގެންނެވި އެވެ.

މި އަހަރުގެ ޢަރަފާތު ދުވަހުގެ ޚުޠުބާ ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު ދެއްވާއިރު ޢަރަފާތުގައި ހުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އަރަފާތު ދުވަސް ނުވަތަ ޙައްޖު ދުވަހު އިއްވޭ ޚުތުބާ އަކީ މުޅި އިސްލާމީ އުންމަތް އެ ޚުތުބާއަކަށް އިންތިޒާރު ކުރެވޭ ޚުތުބާ އެކެވެ.

މީގެ އެތައް ސަތޭކަ އަހަރެއްގެ ކުރީން މާތް ނަބިއްޔާ, ޢަރަފާތުގައި ދެއްވި ޚުތުބާ އަކީ މުޅި އިންސާނިއްޔަތަށް އެ ޚުތުބާއަކުން އަގުހުރި އިރުޝާދުތަކެއް ލިބިގެންދިޔަ ޚުތުބާ އެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.