ވީއައިއޭގައި ހައްޖާޖީންނަށް ހާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައި
ހަބަރު
26 May 2025 | 15:57
އެމްއޭސީއެލް ތައްޔާރު: ވީއައިއޭގައި ހައްޖާޖީންނަށް ހާއްސަ އިންތިޒާމުތަކެއް

މި އަހަރު ޙައްޖުގެ އަޅުކަމަށް ސަޢުދީއަށް ދާ ދިވެހީންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެ ކުންފުނިން މި އިންތިޒާމުތައް ހަމަޖައްސާފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ކަމާގުޅުން ހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ. މި އަހަރު ދިވެހި ޙައްޖުވެރީން ދަތުރުކުރާނީ ސަޢުދިއާ އަދި މޯލްޑިވިއަންގެ ފްލައިޓްތަކުގަ އެވެ. 

ހަތަރު ފްލައިޓެއްގައި 1000 ހައްޖުވެރީން ދަތުރުކުރާނެ އެވެ. ދަތުރުތައް އޮތީ މިއަދާއި މާދަމާ އަދި 29 ވަނަ ދުވަހާއި 30 ވަނަ ދުވަހު އެވެ.

މި ދުވަސްތަކުގައި ޓާމިނަލް ހަރަކާތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ވަނީ ވީއައިއޭ ގައި ޓްރެފިކް ބެލެހެއްޓުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މި ގޮތުން ވެހިކަލްތަކަށް ވަދެވޭނީ އިންޓަނޭޝަނަލް ޓާމިނަލާއި ހަމައަށެވެ. އަދި އެމްއޭސީއެލްގެ މުވައްޒިފުން ހައްޖާޖީން ޓާމިނަލަށް ގެންދިއުމާއި ޗެކް-އިން ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.

މީގެ އިތުރުން ޙައްޖުވެރީންނާއެކު އަންނަ އާއިލާތަކަށް ޚާއްސަ ވެއިޓިން އޭރިއާއެއް ހަމަޖައްސާފައިވާއިރު ޙައްޖުވެރީންނާއި އާއިލާތަކަށް ފޮޓޯ ނެގުމަށް ޚާއްސަ ތަނެއް ވެސް އެއާޕޯޓްގައި ވަނީ ގާއިމުކޮށްފަ އެވެ.

އެ ކުންފުނިން އިތުރަށް ބުނީ މައްކާ ރޫޓް އިފްތިތާހު ކުުރުމާއި އެ ރޫޓްގެ ސަބަބުން ޙައްޖާޖީންނަށް ދެވޭނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ގޮތުން ސައުދީގެ އިމިގްރޭޝަންގެ ޚާއްސަ ކައުންޓަރެއް މިހާރު ވަނީ ވީއައިއޭގައި ގާއިމުކޮށްފަ އެވެ.

އެމްއޭސީއެލް އިން ވަނީ ޙައްޖުވެރީން ފުރާ ވަގުތުތަކަކީ ވީއައިއޭއަށް ބާރު ބޮޑުވެގެންދާނެ ވަގުތުތަކަކަށް ވާނެތީ އެހެން ފަސިންޖަރުން ވީހާވެސް އަވަހަކަށް ޗެކް-އިން ނިންމުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އެއާޕޯޓްގެ ތޮއްޖެހުން ކުޑަކުުރުމަށާއި ޙައްޖުވެރީން ފުރުވުމަށް އަންނަ މީހުން އެމްއޭސީއެލްގެ މުވައްޒިފުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ