ދިވެހި ހައްޖުވެރީންގެ ފުރަތަމަ ގުރޫޕަށް ޖިއްދާ އިން ފިނިފެންމަލުގެ މަރުހަބާއެއް ވަނީ ކިޔާފައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
26 May 2025 | 22:47
ދިވެހި ހައްޖުވެރީންގެ ފުރަތަމަ ގުރޫޕަށް ޖިއްދާ އިން ފިނިފެންމަލުގެ މަރުހަބާއެއް

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހިރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހައްޖުވެރިންނަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ދެންނެވީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ބޭފުޅުންނާއި ދިވެހި ޙައްޖު މިޝަން އަދި ސައުދީގައި ހުންނަ ދިވެހި އެމްބަސީ އަދި ހައްޖު ކޯޕަރޭޝަންގެ ބޭފުޅުންނެވެ.

މިއީ ދިވެހި ހައްޖުވެރިންނަށް މިފަދަ ގޮތަކަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ކީ ފުރަތަމަ ފަހަރެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މިއަދު 235 މީހަކު ފުރާފައިވާ ކަމަށެވެ. ދިވެހިރާއްޖެއިން މި އަހަރު ވެސް 1000 މީހުން ހައްޖުގެ އަޅުކަމަށް ދެ އެވެ. ދެވަނަ ގުރޫޕް މާދަމާ ފުރާނެ އެވެ. ތިންވަނަ ގުރޫޕް މި މަހުގެ 29 ވަނަ ދުވަހު ފުރާއިރު ފަހު ގުރޫޕް ފުރާނީ 30 ވަނަ ދުވަހު އެވެ.

ދިވެހި ހައްޖުވެރީންގެ ފުރަތަމަ ގުރޫޕަށް ޖިއްދާ އިން ފިނިފެންމަލުގެ މަރުހަބާއެއް ވަނީ ކިޔާފައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހައްޖުވެރީން މިއަދު ފުރަން ފެށިއިރު މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ވަނީ ހިމަނާފަ އެވެ. މައްކާ ރޫޓު އިނީޝިއޭޓިވް ގައި ހިމެނުމާ އެކު ދިވެހި ހައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ އެވެ. އެގޮތުން ދިވެހި ހައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ބޮޑުތަނުން ކުޑަވެގެންދާނެ އެވެ. ހައްޖުވެރިންގެ ފޮށިތައް މައްކާ ރޫޓު އިނީޝިއޭޓިވް ޓީމުން މައްކާ ހޮޓަލާއި ހަމައަށް ގެންގޮސްދޭނެ އެވެ.

މީގެ އިތުރުން މިނާގެ ފެންވަރު ރަނގަޅު ކުރުމަށް ކެޓަގަރީ ބީއަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އެހެން ކަމުން މިއަހަރަކީ ދިވެހި ހައްޖުވެރިންނަށް މިނާއާއި އަރަފާތުގައި މީގެ ކުރިން ނުލިބޭ ފަދަ ފުރިހަމަ ހިދުމަތްތަކެއް ލިބިގެންދާނެ އަހަރެކެވެ. އެގޮތުން މިނާގެ ކެޓަގަރީ ސީ ކެޓަގަރީން ބީ ކެޓަގަރީއަށް ބަދަލުކުރުމާ އެކު ދިވެހި ހައްޖުވެރިން މިނާ އަދި އަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ހާޖީއަކަށް ހާއްސަ ސޯފާ އެނދެއް ބަހައްޓާފައި ހުންނާނެ އެވެ.

ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ގައުމެއްގެ ހާޖީނެއް ވެސް މިއަހަރު ނުތިބޭނެ އެވެ. އަދި އަރަފާތުގައި ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެތަކުގައި ވެސް ކޮންމެ ހާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ދިވެހި ހައްޖުވެރީންނަށް ހާއްސަކޮށް ރަސްމީކޮށް ކުލިނިކެއް ހެދުމުގެ ހުއްދަ ސައުދީ ސަރުކާރުން ދިނުމައި ގުޅިގެން ވަނީ ކްލިނިކެއް ވެސް ގާއިމު ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.