މަލިކުގެ އިހްތިޖާޖުގެ ތެރެއިން—
ހަބަރު
27 May 2025 | 13:46
މަލިކުގައި ދިވެހިބަސް ކިޔަވައިދިނުން މަނާ ކުރުމުން މުޒާހަރާކޮށްފި

އިންޑިއާގެ ލަކްޝަދީބުގައި މަހަލް ބަސް ނުވަތަ ދިވެހިބަހާއި އަރަބިބަސް ކިޔަވައިދިނުން ލަކްޝަދީބުގެ އިދާރާ އިން މަނާ ކުރުމުން މަލިކު މީހުން މުޒާހަރާކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު މަލިކުގެ އާއްމުން ނުކުމެ މުޒާހަރާއަށް ނުކުމެފައިވައިރު، އެ މުޒާހަރާގެ ބައިވެރިން ބުނެފައިވާ ގޮތުން، އެ މީހުންގެ މާދަރީ ބަސް ކަމަށްވާ ދިވެހިބަސް ކިޔަވައިދިނުން ސްކޫލްތަކުގައި މަނާކޮށްފައިވާ ކަމަށާއި އެކަމާ ދެކޮޅަށް އަޑު އުފުލާނެ ކަމަށެވެ.

”އަހަރެމެންނަކީ ކޮން ބައެއްކަން ރަމްޒުކޮށްދެނީ އަހަރެމެންގެ މާދަރީ ބަހުން. އެކަން މަނާ ނުކުރެވޭނެ“ މުޒާހަރާގެ ބައިވެރިއަކު ބުނެފައިވެއެވެ. 

މަލިކުގެ ކުދިބޮޑު އެންމެން ބައިވެރިވި މި މުޒާހަރާގައި އާއްމުން ވަނީ، ޝުޢޫރުތައް ލިޔެފައިވާ އެކިއެކި ބޯޑުތައް ހިފައިގެން ލަކްޝަދީބުގެ އެންގުމާ ދެކޮޅަށް އަޑު އުފުލާފައެވެ. 

ލަކްޝަދީބުގެ އެޑްމިނިސްޓްރޭޝަނުން މި މަހު 14 ވަނަ ދުވަހު ސްކޫލްތަކަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ، މަލިޔާލަމް ބަހުން ކިޔަވައިދޭ ސްކޫލްތަކުގައި، މަލިޔާލަމް ބަހާއި އިނގިރޭސި ބަހާއި ހިންދީ ބަސް ކިޔަވައިދޭން ޖެހޭނެ ކަމަށެވެ.

އަދި އިނގިރޭސި މީޑިއަމް ސްކޫލްތަކުގައި އިނގިރޭސި ބަހާއި މަލިޔާލަމް ބަހާއި ހިންދީ ބަސް ކިޔަވައިދޭން ޖެހޭނެ ކަމަށް ވެސް އަންގާފައިވެ އެވެ.

މިކަމާ ގުޅިގެން އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގައި މަލިކާއި ލަކްޝަދީބު ތަމްސީލުކުރައްވާ މެމްބަރު، ޙަމްދުއްލާ ސަޢީދު ވަނީ ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނެރުނު އެންގުން ބާތިލުކޮށް އަލުން ދިވެހި ބަސް ސްކޫލު އޮނިގަނޑުގައި ހިމެނުމަށް ގޮވާލައްވައި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި އޭނާ ވަނީ ދިވެހި ބަހާއި އަރަބި ބަސް ތްރީ ލެންގުއޭޖް ފޯމިއުލާގެ ދަށުން އަލުން ކިޔަވައިދޭން ފަށައި އެކަމުގައި ކަމާ ގުޅުންހުރި މީހުންގެ ޚިޔާލު ހޯދުމަށް އެދިފައެވެ. އަދި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލުތަކުގައި އޮޕްޝަނަލް ލެންގުއޭޖް ފްލެކްސިބިލިޓީ ގާއިމްކުރުމަށް އެދިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ