ޔޫތް މިނިސްޓްރީ މުއައްޒަފުންތަކެއް ނަޒާހަތްތެރިކަމުގެ ޤައުމީ ވައުދުގައި ސޮއިކުރަނީ... އޭސީސީ ފައިލް ފޮޓޯ
ހަބަރު
27 May 2025 | 19:44
އޮޑިޓް ރިޕޯޓުން ޔޫތް މިނިސްޓްރީ ސިފަވީ އިހުމާލުގެ ހާއްޔެއްގެ ގޮތުގައި

ޔޫތް މިނިސްޓްރީގެ ދަށުން ކުރިއަށްގެންދާ އެކިއެކި މަޝްރޫޢުތަކާ ގުޅޭ އެންމެހާ ކަންކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައިނުވާކަމަށްްބުނެ އޮޑިޓަަރ ޖެނެރަލްްްގެ ރިޕޯޓްގައި އެ މިނިސްޓްރީގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަނުގެ 2018 ވަނަ އހަަރުން 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް އެ އޮފީހުގެ ވެބްސައިޓްގަައި އާއްމުކޮށްފައެވެ. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައިވަނީ 2018 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް ކުރިއަށްގެންދިޔަ މަޝްރޫޢުތަކަށް ޔޫތް މިނިސްޓްރީއަށް ދައުލަތުގެ ބަޖެޓުން ވަނީ ޖުމްލަ 1.05 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި 576 މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިޔައިރު، ޖުމްލަ ގޮތެއްގައި މަޝްރޫޢުތަކާ ގުޅޭ އެންމެހާ ކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާކަމަށް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން މިނިސްޓްރީން ހިންގާ މަޝްރޫޢުތަކުގެ ފުރިހަމަ ޑޭޓާބޭސް ބަލަހައްޓާފައިނުވުމާއި، މުހިންމު ލިޔެކިޔުންތައްވެސް ފައިލްކޮށް ބަލަހައްޓާފައިނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެއްމަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންދެވިދާނެ މަސައްކަތްތައް ބައިބައިކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެކަމުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ބީލަންވެރިންނަށް ހަމަހަމަކަމާއެކު ޕްރޮކިއުމަންޓްގެ ކަންކަން ކުރުމުގެ ފުރުސަތު ގެއްލި މާލިއްޔަތުން ކުރަންޖެހޭ ހަރަދުތައް އިތުރުވާގޮތަށް ކަންކަން ކުރިއަށްގޮސްފައިވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މަޝްރޫޢުތަކުގެ އެޑްވާންސްޕޭމަންޓް މާލިއްޔަތު ގަވާއިދާ ހިލާފަށް ބޮޑުކޮށް ދިނުމާއި.، ބައެއް މަޝްރޫޢުތައް ކުރިއަށްގެންގޮސްފައިވާ ހިސާބު މިނިސްޓްރީ އަދި ކައުންސިލްތަކަށްވެސް ނޭނގޭކަން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ކުރިއަށްގެންގޮސް ހުއްޓިފައިވާ ބައެއް މަޝްރޫޢުތައް އަލުން ފެށުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭނެކަންވެސް ވަނީ އޮޑިޓަރ ޖެނެރަލްގެ އެ ރިޕޯޓްގައި ފާހަގަކޮށްފައެވެ. 

އޮޑިޓް ރިޕޯޓްގައިވަނީ ހަރުމުދަލުގެ ރަޖިސްޓްރީގައި ބައެއް ހަރުމުދާ ހިމަނާފައި ނުވުމާއި ބައެއް ހަރުމުދާތައް ވީނުވީއެއް ނޭނގި ގެއްލިފައިވާކަންވެސް ފާހަގަކޮށްފައެވެ. އަދި ބައެއް މުދާތައް ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ވަނީ ބަހައްޓާފައެވެ. އެގޮތުން ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައިނުވާ މުދަލުގެ އަގު 6 މިލިއަން ރުފިޔާއިން މަތީގައި އުޅޭއިރު، ހަރުމުދަލުގެ ގޮތުގައި ހުރިކަމަށް ފާހަގަވާ މުދަލުގެ އަގުވެސް މިލިއަނުން ގުނާލެވެއެވެ.

އޮޑިޓް އޮފީހުން ޔޫތް މިނިސްޓްރީގެ ބައެއް މައްސަލަތައް ފާހަގަކޮށް އޮޑިޓެއް ނެރެފައިވަނީ، މި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް ރައްދުވާ ވަޒީރެއްގެ ދައުރު ނިމުނުތާވެސް ދެ އަހަރަށްވުރެ ގިނަދުވަސް ފާއިތުވިފަހުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.