މިރޭގެ ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ކޮންގްރެސް ޕާޓީ
ހަބަރު
28 May 2025 | 01:13
ކޮރަޕްޝަނެއް ނުހިންގޭނެ؛ އޮންނާނީ ތަޅުލާފައި، ތަޅުދަނޑި ވާނީ އަބްދުއްރަހީމް އަތްޕުޅުގައި: ޝާޑް

މި ސަރުކާރުގައި ކޮރަޕްޝަން ހިންގުމަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާ އެއްވެސް ވެރިއަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ފުރުސަތު ނުދެއްވާނެ ކަަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ މިރޭ އޮތް ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ސަރުކާރުގެ ވަޒީރުންނާއި ކޮންގްރެސްގެ މަޖިލީސް މެންބަރުން އަދި އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރާއެކު ކޮރަޕްޝަން ހިންގުން ނިމުމަކަށް އައީ ކަމަށެވެ.

އަދި ވިދާޅުވީ ކޮރަޕްޝަން އޮންނާނީ ތަޅުލާފައި ކަމަށެވެ. 

"މި ސަރުކާރު އަައުމާއެކު ކޮރަޕްޝަން އޮންނާނީ ތަޅުލާފައި. ތަޅުލާފައި އޮންނާނީ. ލާހިކެއް ނޫން ހިންގާކަށް. ނުހިންގޭނެ. ނުހިންގާ އެއްޗެއްގެ ވާހަކަ ކިހިނެތް ދައްކާނީ. ހިންގޭނެ ފުރުސަތެއް ރައީސް ނުދެއްވައޭ އެއްވެސް ވެރިއަކަށް. ކަރަޕްޝަން އޮންނާނީ މަނާކޮށްފައި," ޝާހިދު ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީގެ މިރޭގެ ޖަލްސާ -- ފޮޓޯ: ކޮންގްރެސް ޕާޓީ

ޝާހިދު ވިދާޅުވީ ދައުލަތުގެ ކުންފުންޏެއްގެ ވެރިއަކަށް ވިޔަސް މުއައްސަސާއެއްގެ ވެރިއަކަށް ވިޔަސް އަދި ވަޒީރަކަށް ވިޔަސް ކޮރަޕްޝަންގެ ކުޑަ އަމަލެއް ހިންގުމަށް ވެސް ރައީސް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އެފަދަ ކޮންމެ ކަމަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

އެ މަންޒަރު މިހާތަނަށް ވެސް އޮންނާނީ ފެނިފައި ކަަމަށް ވިދާޅުވި އެވެ.

ކޮރަޕްޝަން ތަޅުލުމަށް ފަހު ތަޅުދަނޑި ހަވާލުކޮށްފައި ވާނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"މަޖިލީހުން އަޅުގަނޑުމެން އޮންނާނީ ކޮރަޕްޝަން ހުއްޓުވާފައި ތަޅުލާފައި. ތަޅުދަނޑި އޮންނާނީ މަޖިލީހުގައި ސްޕީކާ އަބްދުއްރަހީމް އަތްޕުޅުގައި," ޝާހިދު ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީގެ މިރޭގެ ޖަލްސާ -- ފޮޓޯ: ކޮންގްރެސް ޕާޓީ

ޝާހިދު ވިދާޅުވީ ސަރުކާރާ ގުޅޭގޮތުން އިދިކޮޅުން ދައްކާ ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް އެނގޭ ކަމަށެވެ. އެ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ރައްޔިތުންނަށް އަޅާލި އޯގާތެރި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ސަރުކާރުން މިހާތަނަށް ހާސިލުކޮށްފައިވާ ކަންކަން ޝާހިދު ވަނީ ވިދާޅުވެ ދެއްވާފަ އެވެ.

ކޮމެންޓް
މުޙައްމަދު އަޙްމަދު
އަޑަށް ބާރުލާފައި ކިތަންމެ ވަރަކަށް ހަޅޭލެވިޔަސް މިއީ މިހާތަނަށް ވެރިކަންކުރާ އެންމެ ކޮރަޕްޓް ސަރުކާރު.
28 May 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.