ހއ.ހުވަހަންދޫ... ފޮޓޯ: ގޫގުލްމެޕް
ހަބަރު
28 May 2025 | 13:52
ކޭޑީ ކުންފުންޏަށް ހއ.ހުވަހަންދޫ ދިންކަމަށް ދެކެވޭ ވާހަކަ، ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ދޮގުކޮށްފި

ދަނޑުވެރިކަމުގެ ބޭނުމަށް ކޭޑީ ކުންފުންޏަށް ހއ.ހުވަހަންދޫ ދިންކަމަށް ދެކެވެމުންދާ ވާހަކަތައް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ދޮގުކޮށްފިއެވެ.

ދަނޑުވެރިކަމަށް ޙާއްސަކޮށް ހއ. އަތޮޅުގެ ރަށެއް ކަމުގައިވާ ހުވަހަންދޫ، އަޑިނޭނގޭ ޑީލެއްގެ ދަށުން ބަޔަކަށް ދިންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން މިއަދު ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފިޝަރީޒް މިނިސްޓްރީއާ ވަކިވުމަށްފަހު މިވީހާތަނަށް އެ ވުޒާރާއިން ދަނޑުވެރިކަމަށް ހާއްސަކޮށް އެއްވެސް ބަޔަކަށް ރަށެއް ދޫކޮށްފައިނުވާނޭކަމަށެވެ. 

އެ ވުޒާރާއިން ބުނީ، ކޭޑީ ކުންފުންޏަށް ހުވަހަންދޫ ދިންކަމަށް ބުނެ ދައުރުވަމުންދާ ފޮޓޯއަކީ ހއ.ދިއްދޫ ދާއިރާގެ މެމްބަރާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. ހއ. ދިއްދޫ ދާއިރާގެ މެމްބަރު ލަތީފުގެ އިތުރުން ކޭޑީ އެންޓަޕްރައިސިސް ކުންފުނީގެ ބޭފުޅުން ބައިވެރިވި އެ ބައްދަލުވުމުގައި ދަނޑުވެރިކަމުގެ ތަރައްޤީއަށް ކުރިޔަށް ގެންދެވިދާނެ މަސައްކަތްތަކާ ގުޅޭ ޚިޔާލު ބަދަލުކުރެއްވިކަން ފާހަގަކުރަމުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، އެދުވަހު ކުރިއަށްގެންދިޔަ ވާހަކަތަކުގައި ހުށަހެޅުގެންދިޔަ އެއްވެސްކަމަކާއި ގުޅޭގޮތުން ގޮތެއް ނިންމާފައި ނުވާނެކަމަށެވެ.

ހއ. ހުވަހަންދޫއަކީ ވަގުތީގޮތުން ހއ. އަތޮޅުގެ ކައުންސިލާއި ހަވާލުކޮށްފައިވާ ރަށެއްކަމުގައި ފާހަގަކޮށް އިތުރަށް ބުނެފައިވަނީ އެވުޒާރާއިން ރަށްތަށް ކުއްޔަށް ދޫކުރަނީ ވަކި ގަވައިދުތަކަކާއި އުސޫލުތަކެއްގެ މަތިން ކަމަށާއި އެފަދަ ނިންމުމެއް ނިންމާނީ އުސޫލުތަކާއި ހިލާފު ނުވާގޮތެއްގެ މަތިން ކަމަށެވެ. އެވުޒާރާގެ މަސައްކަތްތަށް އަބަދުވެސް ބައްޓަންކޮށްފައިވާނީ ވީހާވެސް ދެފުށް ފެންނަ ގޮތަށްކަމަށާއި މީޑިޔާތަކަށް މަޢުލޫމާތު ހޯދާ ލިބިގަތުމަށްވެސް ފަސޭހަ އުސޫލެއްގެ ދަށުންކަމަށެވެ.

ހުވަހަންދޫއަކީ ހއ ހޯރަފުށީ އެއާޕޯޓާ އެއްފަޅެއްގައި އޮންނަ ރަށެކެވެ. އެރަށް މިހާރު އޮންނަނީ ހއ.އަތޮޅޫ ކައުންސިލްގެ ބެލުމުގެ ދަށުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.