ޒަކާތު ހައުސްއިން ސްކޮލާޝިޕް ފުރުސަތު ހުޅުވާލުން: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
28 May 2025 | 15:10
ޒަކާތު ފަންޑުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަޝިޕްގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ޒަކާތު ފަންޑުން ވަނީ މިދިޔަ މަހުގެ 14 ވަނަދުވަހު ރާއްޖެއާއި ރާއްޖެއިން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސްކޮލަރޝިޕްގެ 50 ފުރުސަތު ހުޅުވާލާފައެވެ. ސްކޮލާޝިޕްގެ 50 ފުރުސަތުގެ ތެރޭގައި ރާއްޖޭގައި ކިޔެވުމުގެ 20 ފުރުސަތާއި ރާއްޖެއިން ބޭރުން ކިޔެވުމުގެ 30 ފުރުސަތު ހިމެނެއެވެ. މީގެއިތުރުން ރާއްޖޭން ބޭރަުގައި މަތީ ތަޢުލީމު ހާސިލްކުރުމަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ ޚާއްސަ ސްކޮލާޝިޕްތަކެއްކަން އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިފުރުސަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ރާއްޖޭގައި ކިޔެވުމަށް ސްކޮލަރޝިޕް ދެވޭ ދާއިރާތަކުގެ ތެރޭގައި:

​- މާސްޓާސް އޮފް އާޓްސް އިން ޤުރުއާނިކް ސައިންސެސް

​- މާސްޓާސް  އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން

​- އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް

​- މާސްޓާސް އޮފް އާޓްސް އިން ޝަރީއާ

- މާސްޓާސް އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސް

ރާއްޖެއިން ބޭރުން ކިޔެވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ މެލޭޝިއާ، ބުރޫނާއީ ސަޢޫދީ އަރަބިއްޔާ، މިޞްރު އަދި ސައުތް އޭޝިޔާގެ ޤައުމުތަކުންނެވެ.

މެލޭޝިއާ އަދި ބުރުނާއީގައި ކިޔަވަން ސްކޮލަރޝިޕް ދެވޭ ދާއިރާތަކުގެ ތެރޭގައި:

​- ބެޗެލާރސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓްގެ ދެ ފުރުސަތު

​- މާސްޓަރ އޮފް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް/މާސްޓާސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސްގެ ދެ ފުރުސަތު

​- މާސްޓަރ އޮފް އެޑިއުކޭޝަން އިން ޓީޗިންގ އޮފް އިސްލާމިކް އެޑިއުކޭޝަންގެ އެއް ފުރުސަތު

​- މާސްޓަރ އޮފް ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސްގެ އެއް ފުރުސަތު

- މާސްޓަރ އޮފް އިސްލާމިކް ސައިންސްގެ އެއް ފުރުސަތު

- ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޝަރީޢާ އެންޑް ޖުޑިޝަރީގެ އެއް ފުރުސަތު

​- ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސްގެ އެއް ފުރުސަތު

​- ޑޮކްޓަރ އޮފް ފިލޯސޮފީ ދަޢުވާ އެންޑް އިސްލާމިކް މެނޭޖްމަންޓްގެ އެއް ފުރުސަތު

​- ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސްގެ އެއް ފުރުސަތު

​- ޑޮކްޓަރ އޮފް ފިލޯސޮފީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސްގެ ދެ ފުރުސަތު

​- ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ލޯ ގެ ދެ ފުރުސަތު

- މާސްޓާސް އިން އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސްގެ އެއް ފުރުސަތު

​- ޕީއެޗްޑީ އިން އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސްގެ އެއް ފުރުސަތު ހިމެނެއެވެ.

މީގެ އިތުރުން، ސަޢޫދީ އަރަބިއްޔާ އަދި މިޞްރުގެ ޔުނިވާސިޓީތަކުން 13 ޙާއްސަ ސްކޮލަޝިޕްގެ ފުރުސަތުތަށް ވަނީ ހުޅުވާލެވިފައެވެ. 

ފާހަގަކޮށްލަންޖެހޭކަމަކީ، ޒަކާތު ފަންޑުން މީގެ ކުރިންވެސް މިފަދަ ސްކޮލަޝިޕްގެ ފުރުސަތުތަކަށް ހުޅުވާލާފަވެއެވެ.

ޒަކާތު ފަންޑުން ތައުލީމް ހާސިލްކުރުމަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެނީ، ޝަރުޢީގޮތުން ހުއްދަ ދާއިރާތަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ނެތް ދިވެހި ދަރިވަރުންނަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.